ރޯދަ މަހާ ރޯއްޖާ

ފުޑް ފެކްޓް: ކަރާ

Jun 10, 2016

ކޮންމެ ރޯދަ މަހަކު ވެސް ރާއްޖޭގައި އެންމެ ހިންގާ އެއް ބާވަތަކީ ކަރަލަ އެވެ. ރާއްޖޭގައި ދަނޑުވެރި ކަމަށް ހާއްސަ ބައެއް ރަށްރަށް ކަމަށްވާ އއ. ތޮއްޑޫ އާއި ލ. އަތޮޅުގެ ބައެއް ރަށްރަށާއި ޏ. ފުވައްމުލަކާއި ކާށިދޫ އާއި އެނޫން ބައެއް ރަށްރަށުން މާލޭގެ ބާޒާރަށް ގިނަ އަދަދެއްގެ ކަރާ ރޯދަ މަހަށް ގެންނަން އިރު ރާއްޖެއިން ބޭރުން ވެސް ގިނަ އަދަދެއްގެ ކަރާ ރޯދަ މަހަށް ރާއްޖެ އެތެރެކުރެ އެވެ. ރޯދަމަހު ދިވެހިންގެ ރޯދަ ވީއްލުމުގައި ކަދުރަށް ވުރެ މަޝްހޫރުވެފައި މުހިންމުކަން ބޮޑުވަނީ ކަރައަށެވެ.