މާރާމާރީ ހިންގުން

މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި

Jun 12, 2016
1

ބޮޑު ތަކުރުފާނު މަގު، އާޓިފިޝަލް ބީޗް ކައިރީގައި މާރާމާރީއެއް ހިންގައި މީހަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ. މި މާރާމާރީއާ ބެހޭ އިތުރު މައުލޫމާތު އަދި ސާފެއް ނުވެއެވެ. ދެ ބައެއްގެ މެދުގައި ހިނގި މާރާމާރީގައި ޒަހަމްވި މީހާ އޭޑީކޭއަށް ގެނޮސް ފަރުވާ ދެމުން އަންނައިރު އޭނާގެ އަށް ލިބުނީ ކިހާވަރެއްގެ ޒަހަމްތަކެއް ކަމެއް ވެސް އަދި ސާފެއް ނުވެއެވެ. ފުލުހުން ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

"މަރާމާމާރީއާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން މިދަނީ ބަލައި ސާފު ކުރަމުން، މިރޭގެ މާރާމާރީގައި މީހަކު ޒަހަމްވެ އެމީހާއަށް އޭޑީކޭގައި މިދަނީ ފަރުވާ ދެމުން،" ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ވިދާޅުވި އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި މާރާމާރީގައި އެކަކު ޒަހަމްވި ނަމަވެސް އެމީހާއަށް އެހާ ބޮޑެތި ގެއްލުންތަކެއް ލިބިފައެއް ނުވާ ކަމަށާއި ޒަހަމްވެފައި ވަނީ އޭނާގެ ބުރަކަށީގެ ބައެއް ކަމަށެވެ.

މިރޭ މާރާމާރީ ހިންގި އިރު އާޓިފިޝަލް ބީޗްގެ ތިން ސަރަހައްދެއްގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބޮޑު އިސްކިރީނުން ބެލުމަށް ގިނަ އަދަދެއްގެ މީހުން އެ ސަރަހައްދަށް ޖަމާވެފައި އޮތެވެ.

މިރޭ މާރާމާރީ ހިންގާ މީހަކު ޒަހަމްކޮށްލާފައިވާއިރު މީގެ ދުވަސްކޮޅެއް ކުރިން ވަނީ ގާތް ގާތުގައި މާލޭގައި ބޮޑެތި މާރަމާރީތައް ހިންގާ ދެމީހަކު މަރާލަފަ އެވެ. އަދި ރޯދަ މަހުގެ ފަހު 10 އިގެ ތެރޭގައި ޖަލުތަކުން 100 އަށް ވުރެ ގިނަ ކުށްވެރިން ޓެގް އަޅުވައި ދޫކޮށްލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.