ކުޅިވަރު

ރަޝިއާ ޓީމާ ދެކޮޅަށް ޔޫއެފާ އިން ފިޔަވަޅު އަޅަނީ

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ރަޝިއާ އާއި އިންގްލެންޑް ބައްދަލު ކުރި މެޗްގައި ރަޝިއާގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގުމުން ރަޝިއާ ޓީމާ ދެކޮޅަށް ޑިސިޕްލިނަރީ ފިޔަވަޅު އެޅުމަށް ޔޫއެފާއިން ނިންމައިފިއެވެ.

ޔޫއެފްއާއިން ބުނީ ރަޝިއާއާ ދެކޮޅަށް އަޅާނެ ފިޔަވަޅެއް އަދި ނިންމާފައި ނުވާ ކަމަށާއި، އަޅާނެ ފިޔަވަޅެއް ނިންމާނީ އަންގަރަ ދުވަހު ބާއްވާ މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށެވެ.

މާސެލޭ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އިނގިރޭސިން މަޅުވާން ދަނިކޮށް ރަޝިއާއިން ވަނީ ފަހު ވަގުތު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.

އަދި މެޗްގެ ފަހު ކަށިގަނޑަށް ފަހު ރަޝިއާގެ ބައެއް ސަޕޯޓަރުންވަނީ އިންގެލްންޑް ސަޕޯޓަރުންނާ ދިމާކޮށް، ސަޕޯޓްކުރަން ދަނޑަށް ވެއްދި ބައެއް އެއެޗިހިން އިންގްލެންޑްގެ ސަޕޯޓަރުންނަށް ހަމަލާ ވެސް ދީފަ އެވެ.

އެއާއެކު ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައިވެސް ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ހިނގި މަންޒަރު ފެނިގެން ގޮސްފައިވެ އެވެ.

ރަޝިއާގެ ޓީމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ޔޫއެފާ އިން ބުނެފައިވީ ނަމަވެސް އިންގްލެންޑަށް ފިޔަވަޅު އަޅާނެ ކަމަކަށް ޔޫއެފްއާއިން ބުނެފައެއް ނުވެއެވެ.

އިންގްލެންޑާއި ރަޝިއާ ރޭ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.