ބޭރު ކުޅިވަރު

ސިލްވާ 100 ވަނަ މެޗަށް

ޑޭވިޑް ސިލްވާއަކީ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ގެންދޔަ ސްޕެއިން ސްކޮޑުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. ޗެކް ރިޕަބްލިކާ ދެކޮޅަސް މިއަދު އިރުއޮއްސޭއިރު ކުޅޭ މެޗުން އޭނާއަށް ފުރުސަތު ދީފިނަމަ މިއީ އޭނާ ސްޕެއިންގެ ޒޯޒީގައި އޭނާ ކުޅޭ 100 ވަނަ މެޗެވެ.

މުބާރާތުގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗްތަކުގައި ސްޕެއިންގެ ޓީމުން ފާހަގަ ކުރެވުނު އެންމެ މުހިންމު ތިން ކުޅުންތެރިންގެ ތެރޭގައި ސިލްވާވެސް ހިމެނެއެވެ.

މިއަދުގެ މެޗާ ބެހޭގޮތުން އޭނާ ބުނީ 100 ވަނަ މެޗް ޔޫރޯގައި ކުޅެން ޖެހުމަކީ ހާއްސަ ޝަރަފެއް ކަމަށެވެ. އަދި ކުޑައިރު މަގުމަތީގައި ބޯޅަ ކުޅެން އުޅުނުއިރު ސްޕެއިންގެ ޓީމަށް އޭނާ ކުޅޭނެއެކޭ ހިތައްވެސް ނާރާ ކަމަށެވެ.

ފުޓްބޯޅައިގެ ތެރެއަށް ވަނުމަށް ސިލްވާއަށް އެންމެ ފުރަތަމަ ލިބުނީ ކީޕަރު ޖޯޒީއެކެވެ. ނަމަވެސް އެޖޯޒީ އޭނާއަށް ހޮޔޮވަރުވާވަރަށްވުރެ މާބޮޑެވެ.

"އެހެންވެ އަހަރެން އެދުނިން، އަތުން ކުޅުމަށްވުރެ އަހަރެން މޮޅުވާނީ ފައިން ކުޅޭށޭ." ކުޑައިރުގެ ހަނދާންތައް އާކުރަމުން ސިލްވާ ބުންޏެވެ.

މި ފަހަރުގެ މުބާރާތަށް ތައްޔާރުވާން ކުޅުނު އެކުވެރިކަމުގެ މެޗްތަކުގައި ސްޕެއިންގެ ކޯޗް ތައްޔާރުކުރި އެންމެ މުހިންމު އެޓޭކިން ތިން ކުޅުންތެރިންގެ ތޭރޭގައި ސިލްވާ ހިމެނެ އެވެ. އޭނާ އަކީ 2012 ވަނަ އަހަރު ޔޫރޯގެ ފައިނަލް ގައި އިޓަލީއާ ލަނޑެއް ވެސް ކާމިޔާބުކޮށްދިން ކުޅުންތެރިއެކެވެ.