ވިޔަފާރި

ގެސްޓް ހައުސް ކޮންފަރެންސްގެ ޕްރިިމިއަމް ޕާޓްނަރަކަށް ހަސަން މެރިން

Jun 13, 2016

ގެސްޓް ހައުސް ކޮންފަރެންސުގެ ޕްރިިމިއަން ޕާޓްނަރަކަށް ހަސަން މެރިން އިންޖިނިއަރިން ހަމަޖައްސައިފި އެވެ.

"ގެސްޓް ހައުސް މޯލްޑިވްސް" މަޖައްލާ އިން ބުނި ގޮތުގައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ "ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސް" އަކީ ގެސްޓް ހައުސް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ.

ހަސަން މެރިން އިންޖިނިއަރިންއަކީ ރާއްޖޭގައި އައުޓްބޯޑު އިންޖީނުގެ ވިއްކުމަށް އެންމެ މަގުބޫލުއެއް ކުންފުންޏެވެ. މި ކުންފުނިން މާކިއުރީ އައުޓްބޯޑު އިންޖީނާ އެއާ ގުޅޭ ސާމާނު ވިއްކުމަށް މަޝްހޫރު ކުންފުންޏެކެވެ.

ގެސްޓް ހައުސް މޯލްޑިވްސްއަކީ 2014 ވަނަ އަހަރުން ފެށިގެން ނެރެމުން ގެންދާ މަޖައްލާ އެކެވެ.