މާރާމާރީ ހިންގުން

މާރާމާރީ ހިންގާ މީހަކު ޒަހަމްކޮށްލައިފި

Jun 13, 2016

މާލޭގައި މިރޭ މާރާމާރީއެއް ހިންގައި ދިން ހަމަލާތަކެއްގައި މީހަކު ޒަހަމްކޮށްލައިފި އެވެ. މިރޭ ގާތްގަނޑަކަށް 10:00 ޖަހާ އެހާކަންހާއިރު އައި މި މާރާމާރީގައި އެމީހާ ޒަހަމްކޮށްލާފައި ވަނީ ހެންވޭރު ނޫރު މިސްކިތް ކއިރީ ގޯޅިއެއްގެ ތެރޭގަ އެވެ. އޭނާއަށް ހަމަލާ ދިނީ ވަޅިން ކަމެއް ކަޓަރަކުން ކަމެއް ވެސް ސާފެއް ނުވެއެވެ.

ފުލުހުން ބުނީ ދެ ގްރޫޕެއްގެ މެދުގައި ހަމަނުޖެހުން ހިނގައި އުފެދުނު މާރާމާރީގައި މީހަކު ޒަހަމްކޮށްލާފައި ވަނީ ތޫނު އެއްޗަކުން ކަމަށެވެ.

މާރާމާރީގައި ޒަހަމްވި މީހާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދޭއިރު މާރަމާރީ ހިންގި ސަރަހައްދުގައި ފުލުހުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ. ޒަހަމްވި މީހާއަށް ލިބު ޒަހަމްތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.

މިރޭ މާރާމާރީއެއް ހިންގާފައިވާއިރު މި ދިއަ ހަފުތާގައިވެސް އެ ސަރަހައްދުގައި މާރާމާރީއެއް ހިންގާ މީހަކު ޒަހަމްކޮށްލާފައި ވެއެވެ.