މާރާމާރީ ހިންގުން

މާރާމާރީއެއްގައި އަނެއްކާވެސް މީހަކު ޒަހަމްކޮށްލައިފި

މިއަދު ހަވީރު މާލޭގައި މާރާމާރީއެއް ހިންގާ މީހަކު ޒަހަމްކޮށްލައިފި އެވެ. މި މާރާމާރީ ހިނގާފައިވަނީ މިއަދު ހަވީރު 16:00 ހާއިރު ޖަނަވަރީ މަގުގަ އެވެ. ޖަނަވަރީ މަގުގައި ހުންނަ ސަންގް ޓީވީ ސްޓޭޝަން ކުރިމަތީގައި ހިނގި މި މާރާމާރީގައި އަނިޔާވި މީހާއަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ، މިއަދު ހަވީރު ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށާއި މި މާރާމާރީއާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

މިއަދު މާރާމާރީއެއް ހިނގާފައިވާއިރު ރޭގައި ވެސް ނޫރު މިސްކިތް ކައިރީގައި މާރާމާރީއެއް ހިނގާފައިވެ އެވެ. އަދި އޭގެ ކުރީ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ވެސް މާރާމާރީއެއް ހިނގާފައިވެ އެވެ.

ރޭގެ މާރާމާރީއާ ގުޅިގެން ދެ ކުދިންނާއި މީހަކު މިއަދު ހައްޔަރުކޮށްފައިވެ އެވެ.