ބޭރު ކުޅިވަރު

ހަންގޭރީ މޮޅުވެ، އޮސްޓްރިއާ އަށް ބޮޑު ޝޮކެއް

އޮސްޓްރިއާ 2-0އިން ބަލިކޮށް ހަންގޭރީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

މޮޅު އަދި މަޝްހޫރު ކުޅުންތެރިންތަކަކާއެކު ކުޅުނު އޮސްޓްރިއާ ކޮޅަށް ހަންގޭރީގެ ލަނޑުތައް ޖަހައިދިނީ ސަލާއީ އާއި ބަދަލު ކުޅުންތެރިޔާ ސްޓެއިބާ އެވެ. މި މެޗުގައި ސަލާއީ ޖެހި ގޯލަކީ 2014 ވަނަ އަހަރުިގެ ފަހުން އޭނާ ގައުމީ ޓީމަށް ޖަހައިދިންް ފުރަތަމަ ގޯލެވެ.

މި މެޗުގައި ހަންގޭރީގެ ކީޕަރަކަށް ކުޅުނީ އުމުރުން 40 އަހަރު ކިރާއީ އެވެ. މި މެޗާއެކު އޭނާ ވެގެންދިޔައީ ޔޫރޯގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ. ކިރާއީ ވަނީ މި މެޗުގައި މޮޅު ސޭވްތަކެއް ވެސް ކޮށްފަ އެވެ.

އޮސްޓްރިއާ ބަލިވުމުގައި އެންމެ މުހިންމު އެއް ކަމަކަށްދިމާވީ 62 ވަނަ މިނިޓްގައި ޑްރަގޮވިޗަށް ރަތްކާޑު ދެއްކުމެވެ.