އަލިފާން

ހިތަދޫ ގެއެއްގައި ރޯވެ ގެއްލުންތައްވެއްޖެ

Jun 15, 2016

ސ. ހިތަދޫގެ ގެއެއްގައި ރޭ އަލިފާނުގެ ހާދިސާ އެއް ހިނގައި ގެއްލުން ވެއްޖެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ ހިތަދޫ އަހިވަށްމާގޭގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށް މައުލޫމާތު ލިބުނީ ރޭ ރޭފަތި 4:15 އެހާކަންހާއިރު ކަމަށާއި އެ މައުލޫމާތު ދެކުނުގެ ސްޓޭޝަނަށް ލިބުމާއެކު ފަޔާމަނުން ހަރަކާތްތެރިވެ ފަތިހު ގާތްގަނޑަކަށް 4:26 އެހާކަންހާއިރު ނިއްވާލާފައިވާ ކަމަށެވެ.

އަލިފާން ނިއްވާލެވުނު ނަމަވެސް އަހިވަށް މާގޭގައި އަލިފާން ރޯވި އެގޭގެ ކޮޓަރިއަކާއި ސިޓިންގ ރޫމްގެ ބޮޑު ބައެއް އަނދައި ބޮޑެތި ގެއްލުންތައް ލިބިފައި ވެއެވެ.