ރޯދަ މަހާ ރޯއްޖާ

ހެލްތު ޓިޕްސް ވިތު ސާއިދު: އެޕިސޯޑު 2

ހަފުތާއަކަށް ފަހު އަނެއްކާވެސް ސާއިދު ބައްދަލުކުރީ އެވެ. މިއީ "ހެލްތު ޓިޕްސް ވިތު ސާއިދު" ގެ ދެ ވަނަ އެޕިސޯޑެވެ. މިފަހަރު ވެސް ޖިމުންނެވެ. އެކަމަކު ތަފާތުތަކާ އެކުގަ އެވެ.

ދުޅަ ހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާ މީހުންނަށް، ޖިމްގެ ތެރެއިން ހާއްސަ ކަސްރަތުތަކެއް ކޮށްގެން އެކަން ކުރާގޮތް ކިޔާދޭނެ އެވެ. ހާއްސަކޮށް ހިކެން ބޭނުންވާ މީހުންނަށް މި ޝޯގެ ޒަރިއްޔާއިން އެކަށީގެންވާ މައުލޫމާތު ލިބެން ހުންނާނެއެވެ.

މި ޝޯ ހޯސްޓު ކުރާނީ ސާއިދު އަލީ މުހައްމަދު އެވެ. އުމުރުން 20 އަހަރުގެ ސާއިދު "ފިޓްނެސް ސެލެބްރިޓީއަކަށް" ވީ 118 ކިލޯގައި ހުރެފައި ހަތް މަސް ދުވަސް ތެރޭގައި 65 ކިލޯގްރާމަށް ތިރި ކުރުމަށް ކުރި އާދަޔާހިލާފު ހިތްވަރަށާއި މަސައްކަތުންނެވެ. އޭގެ ފަހުން ގިނަ ބަޔަކު އަންނަނީ އޭނާ އެކަން ކުރި ގޮތް އަހަމުންނެވެ. މި ޝޯ ޕްރޮޑިއުސްކޮށްފައި ވަނީ އެ ބައިތައް ވެސް ހިމަނައިގެނެވެ.