ބޭރު ކުޅިވަރު

ދެ ވަނަ ބުރަށް ދިޔަ ފުރަތަމަ ޓީމަކަށް ފްރާންސް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރަށް ދަތުރެުކުރި ފުރަތަމަ ޓީމަކަށް ފްރާންސް ވެއްޖެ އެވެ.

އަމިއްލަ ގައުމނުގައު މިހާރު ކުރިއަށްދާ މުބާރާތުގެ ދެ ވަނަ ބުރުން އެ ގައުމު ޖާގަ ހޯދީ މިރޭ އަލްބޭނިޔާގެ މައްޗަށް 2-0އިން ކުރި ހޯދައިގެންނެވެ.

ފުލުފުލުގައި އުފެއްދި ހަމަލާތަކާއެކު ފްރާންސަށް މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިނީ މެޗުގެ ފަހު މިނިޓްގައި ބަދަލު ކުޅުންތެރިޔާ އެންޓޯނިއޯ ގްރިއެޒްމަން އެވެ. އާއްމުކޮށް ފުރަތަމަ 11ގައި ހިމެނޭ ކުޅުންތެރިޔާ މިރޭ ބެންޗުން ފެށިއިރު ޓީމުގެ އެންމެ އަލިގަދަ ތަރި ޕައުލް ޕޮގްބާ ވެސް ފުރަތަމަ ހާފުގައި އިނީ ބެންޗުގަ އެވެ. ފްރާންސްގެ ފަހަރު ބޮޑުކޮށްދިނީ އިތުރު ވަގުތުގައި ޑިމިޓްރީ ޕަޔެޓެވެ. އޭނާ އަކީ މުބާރާޓުގެ ފުރަތަމަ މެޗުގައި ރޫމޭނިޔާ އަތުން ފްރާންސް މޮޅުކޮށްދިން ލަނޑު ޖެހި ކުޅުންތެރިޔާ ވެސްމެ އެވެ.

މި މެޗުން ފްރާންސް މޮޅުވުމުން އެ ޓީމު ދެ ވަނަ ބުރަށް ދިޔައީ ބާކީ އެއް މެޗު އޮއްވައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާއެކުގަ އެވެ. ގްރޫޕް އޭގެ ދެ ވަނާގައި މިވަގުތު އޮތީ ހަތަރު ޕޮއިންޓާއެކު ސްވިޒަލޭންޑެވެ. އެ ޓީމު މިރޭ ރޫމޭރިޔާއާ ބައްދަލުކޮށް އެއްވަރުވީ 1-1އިންނެވެ. ތިން ވަނާގައި ރޫމޭނިޔާ އޮތީ އެއް ޕޮއިންޓާއެކުގަ އެވެ. މިރޭގެ މެޗުގެ ފަހު ވަގުތާ ހަމައަށް މޮޅަށް ޑިފެންސް ކުރި އަލްބޭނިޔާ އޮތީ ޕޮއިންޓެއް ނުލިބި ޓޭބަލުގެ ފުލުގަ އެވެ.