ބޭރު ކުޅިވަރު

ޕެޑްރޯ ބޭނުންވަނީ ބާސެލޯނާ އަށް ދާން

ޗެލްސީ އަށް ކުޅެމުން އަންނަ ބާސެލޯނާގެ ކުރީގެ ފޯވަޑް ޕެޑްރޯ ރޮޑްރިގޭޒް އެނބުރި އެކުލަބަށް ދާން ބޭނުންވާ ކަމަށް ބުނެފި އެވެ.

ޔޫރޯގައި ވާދަ ކުރާ ސްޕޭން ޓީމާއެކު މިވަގުތު ހުރި ކުޅުންތެރިޔާ ބާސެލޯނާ ދޫކޮށް ޗެލްސީ އަށް ބަދަލުވީ މިދިޔަ ސީޒަނުގެ މެދުތެރެއިންނެވެ. ނަމަވެސް 22 މިލިއަން ޕައުންޑަށް ގަތް ކުޅުންތެރިޔާ އަށް ޗެލްސީގައި އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

ޕެޑްރޯ ވަނީ ބާސެލޯނާ އަށް ބަދަލުވާ އެކުލަބުގެ ރައީސާއެކު މަޝްވަރާކޮށްފައިވާ ކަމަށް ވެސް ބުނެފަ އެވެ.

"އެއީ (ސްޕެނިޝް) ކަޕް ފައިނަލްގައި ސްޓޭޑިއަމުގައި. އަހަރެން ބޭނުންވާ ވާހަކަ ރައީސްގާތުގައި ބުނިން. އެކަމަކު އަހަންނަށް އެނގޭ މިއީ އުނދަގޫ ކަމެއްކަން. އެއީ ބާސެލޯނާ އަކީ އެންމެ ޑިމާންޑް ބޮޑު އެއްކުލަބު. މޮޅު ކުޅުންތެރިން އެކުލަބުގައި އެބަތިބި. އެކަމަކު އަހަރެން މިކަން ނުވާނެ ކަމަށް ވެސް ނުނިމަން،" ޕެޑްރޯ ބުންޏެވެ.

ބާސެލޯނާގައި ފަސް ފަހަރު ސްޕެނިޝް ލީގު އަދި ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކުޅުންތެރިޔާ ބުނީ އޭނާ ކުލަބު ދޫކޮށްލީ ކުޅެން ލިބޭ ފުރުސަތު މަދުވުމުން ކަމަށާއި ނަމަވެސް ކުލަބު ބަދަލު ކުރެވުމުން މިހާރު ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ.

"އަހަރެންގެ އާއިލާ އޮތީ އެތަނުގައި. އެތައް ބައިވެރު ރައްޓެހިން. އެހާ ލޯބިވާ ކުލަބެއް ދޫކޮށްލުމުން އުނދަގޫވޭ،" ޕެޑްރޯ ބުންޏެވެ.
އޭނާގެ މިވާހަކަތަކާ ގުޅިގެން ޗެލްސީން އަދި ވަކިއެއްޗެއް ނުބުނެ އެވެ.