ދުނިޔެ

ހަލަބުގައި 48 ގަޑިއަރަށް ހަނގުރާމަ ހުއްޓާލުމަށް ރަޝިއާ އެއްބަސްވެއްޖެ

Jun 16, 2016

ހަނގުރާމަވެރިންނާއި ސަރުކާރާ ދެމެދު ހޫނު ހަމަލާތަކެއް ބަދަލުކުރަމުން ދާ ހަލަބުގައި 48 ގަޑިއަރަށް ހަނގުރާމަ ހުއްޓާލުމަށް ރަޝީއާ އެއްބަސްވެއްޖެ އެވެ.

ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ހިމަޔާތްކޮށް ދިނުމަށް ހަނގުރާމަ ކުރަމުންދާ ރަޝީޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ސީރިޔާގެ 48 އަށް ގަޑިއަރަށް ހަމަލާތައް ބަދަލު ކުރުން ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުމަށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. މިދިޔަ މަހަކީ ހަލަބްގައި ހަނގުރާމަ ހޫނުވެގެން ދިޔަ ދުވަސްވަރެކެވެ. ރަޝިޔާ އާއި ބައްޝާރުގެ އަސްކަރިއްޔާ އަދި ހަނގުރާމަވެރިން ބަދަލު ކުރި ހަމަލާތަކުގެ ޝިކާރައަކަށްވެ، އާންމުން ރައްޔިތުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފަ އެވެ.

ރަޝިއާއިން ބުނީ ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅީ ރޭ ދަންވަރު ކަމަށެވެ. ނަމަވެސް އިދިކޮޅު ހަނގުރާމަވެރިންގެ ބައެއް ގްރޫޕްތަކުން ބުނީ ހަނގުރާމަ ހުއްޓަލަން ރަޝިޔާ އެއްބަސްވި ނަމަވެސް ހަލަބުގެ ބައެއް ހިސާބުތަކަށް ރަޝިޔާގެ ޖެޓްތަކުން ބޮން އަޅަމުން ދާ ކަމަށެވެ.