ޔޫރޯ 2016

ޔޫކްރޭން ކަޓައިފި، އުތުރު އަޔަލެންޑަށް ހަމަޖެހުމުގެ ނޭވާއެއް

Jun 16, 2016
2

ޔޫރޯ ފުޓްބޯޅަ މުބަރާތުގެ ގުރޫޕް "ސީ" ގައި އުތުރު އަޔަލެންޑް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ ޔޫކްރޭން މުބާރާތުން ކެޓިއިރު، އުތުރު އަޔަލެންޑަށް މޮޅަކާއެކު ހިތްހަމަޖެހުމެއް ލިބިއްޖެ އެވެ.

ގުރޫޕްގައި ޔޫކްރޭން ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗްގައި އެޓީމު ޖަރުމަން އަތުން ބަލިވީ 2-0 ން ނެވެ. އެޓީމަށް ބާކީ އޮތީ ޕެލެންޑާ ދެކޮަޅަށް ކުޅޭ މެޗެވެ.

މިރޭ މެޗްގައި އުތުރު އަޔަލެންޑުގެ ފުރަތަމަ ލަނޑު ގެރެތު މަކާލީ ކާމިޔަބު ކުރީ މެޗްގެ 49 ވަނަ މިނެޓްގަ އެވެ.

ދެ ވަނަ ލަނޑު މެޗްގެ އެންމެ ފަހު ވަގުތުގައި ކާމިޔާބު ކުރީ ނީލް މެކްގިން އެވެ.

ގުރޫޕް އަނެއް ދެޓީމު ކަމަށްވާ ޕޮލެންޑާ ޖަރުމަން ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިރޭ 12 ޖަހާއިރުއެވެ. މިމެޗުން މޮޅުވާ ޓީމަކަށް ދެ ވަނަ ބުރުން ޖާގަ ލިބޭނެ އެވެ.