ދުނިޔެ

ގުޖުރާތުގެ މުސްލިމުން މެރި ހާދިސާއާ ގުޅިގެން 11 މިހަކު އުމުރަށް ޖަލަށް

Jun 17, 2016

މީގެ 14 އަހަރު ކުރިން 2002 ވަނަ އަހަރު އިންޑިއާގެ ގުޖުރާތު ސިޓީގައި މުސްލިމުން ތަކެއް މަރާލި ހާދިސާއާ ގުޅިގެން 11 މީހަކު އުމުރަށް ޖަލަށް ލާން އިންޑިއާގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.

ގުޖުރާތުގައި ހިނގި ހަމަނުޖެހުންތަކުގައި ޖުމުލަ 69 މުސްލިމުން ވަނީ މަރާލާފަ އެވެ.

މިއަދު ކޯޓުން ހުކުމްކޮށްފައި ވަނީ އެ ހަމަނުޖެހުންތަކުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވި، އިތުރު 12 މީހަކު ހަތް އަހަރަށް ޖަލަށް ލުމަށެވެ. އަދި އިތުރު މީހެއްގެ މައްޗަށް ވަނީ 10 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައެވެ.

ކޯޓުގެ ހުކުމުގައި ބުނީ އެހާދިސާ ހިނގި ދުވަހަކީ އިންޑިއާއަށް "ކަޅު ދުވަހެއް" ކަމަށެވެ. ނަމަވެސް މައްސަލަ ރޭވި މީހުންގެ މައްޗަށް ހުކުމް ކުރަން ޕްރޮސިކިއުޓަރުން ހުށަހެޅި ނަމަވެސް ކޯޓުން ވަނީ މައްސަލައަކީ ރޭވިގެން ހިނގި ކަމެއް ކަމަށް ބުނެ އެމީހުން ދޫކޮށްލާފަ އެވެ.

މި ހަމަނުޖެހުންތައް ހިނގީ އޭގެ ކުރިން ދެ މަސްވަންދެން ގުޖުރާތުގެ ހިންދޫ ދީނުގެ މީހުންނާއި މުސްލިމުންނާ ދެމެދު ހިނގި އަރާރުންތަކަށްފަހު އެވެ. އެއަރާރުންތަކުގައި 1000 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. އަދި ހިންދޫގެ ބައެއް "އަޅުވެރިން" ވެސް ވަނީ މަރުވެފަ އެވެ.

އެއަށްފަހު ހިންދޫ ދީނުގެ ހާމުދުރުން ވަނީ މަގުތަކަށް ނިކުމެ މުސްލިމުން ދިރިއުޅޭ ސަރަހައްދުގެ ގެތަށް މީހުންނާއެކީ ހުޅު ޖަހާ އަންދާލަފަ އެވެ. އެހާދިސާތަކުގައި ގިނައިން މަރުވީ ކުޑަ ކުދިންނާއި އަންހެނުންނެވެ.

އޭރު ގުޖުރާތުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވީ އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެވެ. އޭނާ އަކީ ހިންދޫގެ ހަރުކަށި ފިކުރަށް ފާޅުގައި ތާއީދު ކުރައްވާ ބޭފުޅެކެވެ.