ބޭރު ކުޅިވަރު

ސަޕޯޓަރުން އަލިފާން ބޯޅަ އުކައި، ކްރޮއޭޝިއާ ޕްރެޝަރަށް

ކްރޮއޭޝިއާގެ ސަޕޯޓަރުން ދަނޑަށް އަލިފާން ބޯޅަ އުކައި ހެދި މެޗު އެންމެ ފަހު ވަގުތު ޗެކްރޕިަބްލިކް 2-2އިން އެއްވަރުކުރުމުން ކްރޮއޭޝިޔާ ޕްރެޝަރަށް ވެއްޓިއްޖެ އެވެ.

މިމެޗުން ކްރޮއޭޝިއާ މޮޅުވިނަމަ އެޓީމު ދެ ވަނަ ބުރުން ޖާގަ ލިބޭނެއެވެ. ކްރޮއޭޝިއާގެ ފުރަތަމަ ލަނޑު އީވާން ޕެރަސިޗް ކާމިޔާބު ކުރީ މެޗްގެ 37 ވަނަ މިނެޓްގައެވެ. އެޓީމަށް ލީޑް ފުޅާކޮށްދިން ލަނޑު 59 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އީވާން ރަކިޓިޗެވެ.

ޗެކް ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ތޯމަސް ރޮސިޗްކީ ތަނަވަސްކޮށްދިން ފުރުސަތަކުން މިލާން ސްކޯޑާ ބޮލުންނެވެ.

ކްރޮއޭޝިޔާ ސަޕޯޓަރުން ތަޅާފޮޅައި މެޗު ނިމެން ހައެއްކަ މިނިޓަށް ވީ ފަހުން ދަނޑަށް އަލިފާންބޯޅަ އުކައި މެޗް މެދުކަނޑާލުމާ ހަމަޔަށް މެޗް ޑޮމިނޭޓް ކުރީ ވެސް އެ ޓީމުންނެވެ.
ސަޕޯޓަރުން ދަނޑަށް ދުން ބޯޅަ އުކީ މެޗްގެ ފުރިހަމަ ވަގުތު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ.

އޭގެ ހަ މިނެޓް ފަހުން މެޗް ފެށިއިރު، ޗެކް ޓީމުން ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނަލްޓީއެއްގައެވެ. ޗެކް ޓީމަށް ޕެނަލްޓީ ލިބުނީ މެޗްގެ 47 ވަނަ މިނެޓްގައި ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ ޑިފެންޑަރު ވީޑާ އަތުގައި ބޯޅަ ޖެހުމުންނެވެ.

ބަލިވެއްޖެނަމަ މުބާރާތުން ކަޓައިގެންދާނެ ކަމުގެ ބިރު އޮތް ޗެކްޓީމަށް ހިތް ހަމަޖެހުން ގެނެސްދިނީ ތޯމަސް ނެޓްސިޑް ޕެނަލްޓީ ކާމިޔާބުކޮށް ޕޮއިންޓެއް ހޯދައިދިނުމުންނެވެ.