ދުނިޔެ

ގޭ މުޒާހަރާ ބޭއްވުން ތުރުކީގައި މަނާކޮށްފި

Jun 18, 2016

އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުން، ބާއްވާ މުޒާހަރާ ނުވަތަ ހިނގާލުން ބޭއްވުމުގެ ފުރުސަތު ނުދޭނެކަމަށް ތުރުކީގެ ސަރުކާރުން ބުނެފިއެވެ.

ތުރުކީގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މުޒާހަރާ ބޭއްވުމުގެ ފުރުސަތު ދެވެން ނެތީ ސަލާމަތްތެރިކަމާއި އާންމު އިޖުތިމާއީ މިންގަނޑު ދެމެހެއްޓުމަށް ކަމަށެވެ. ސަރުކާރުން މި ބަޔާން ނެރުނު އިރު އެއް ޖިންސުން ގުޅުން ހިންގާ މީހުން ބުނެފައިވަނީ ސަރުކާރުން އެމީހުންގެ މުޒާހަރާ ހުއްޓުވީ ތުރުކީގެ ގާނުނު އަސާސީން ލިބިދޭ ހައްގުތަކާ ހިލާފަށް ކަމަށެވެ.

މި ދިޔަ މަހު ފުލުފުލުގައި ވެރިރަށް އަންކާރާ އާއި އިސްތަންބޫލަށް ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު ދެ ސީޓީގައި ވެސް ވަނީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅު ތަކެއް އަޅާފައެވެ.

އިސްތަންބޫލްގައި ބާއްވާ މުޒާހަރާ މިދިޔަ އަހަރުވެސް ތުރުކީގެ ސަރުކާރުން ހުއްޓުވި އެވެ. މިދިޔަ އަހަރު އެ މުޒާހަރާކޮށްފައިވަނީ ރޯދަ މަހަށްވާތީ އެފަދަ މުޒާހަރާއެއް ނުބޭއްވުމަށް އަންގާފައި ވަނިކޮށެވެ.

ތުރުކީގެ އާބަދީގައި 75 މިލިއަން މީހުން ހިމެނޭއިރު، 98 ޕަސަންޓް މީހުންނަކީ މުސްލިމުންނެވެ. އެގައުމުގައި ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު ދީނަކީ ނަސޯރާ ދީނެވެ.