އިސްލާމިކް ސްޓޭޓް

ފައްލޫޖާގެ ބޮޑުބައި އައިއެސްގެ ބާރުގެ ދަށުން އަތުލައިފި

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ނަމުގައި ހަރާކަތްތެރިވާ ޓެރަރިސްޓް ޖަމާއަތުގެ ބާރުގެ ދަށުން އިރާގުގެ ފައްލޫޖާ ސިޓީގެ ބޮޑު ބައެއް އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެންދެވިފައިވާ ކަމަށާއި އެއީ ލިބުނު ބޮޑު ނަސްރެއް ކަމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އާބަދީ ވިދާޅުވެއްޖެ އެވެ.

އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރާ އެމެރިކާގެ އަސްކަރީ ކޯލިޝަނުން އައިއެސްއާ ދެކޮޅަށް ދިން ހަމަލާތަކަށް ފަހު އިއްޔެ އިރާގުގެ ސިފައިން ވަނީ ފައްލޫޖާގެ މެދު ތެރެއާ ހަމައަށް ޖެހިލާފަ އެވެ.

އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރާ ސްޕެޝަލް ފޯސްގެ ކޮމާންޑަރު ހައިދަރު އުބައިދީއާ ހަވާލަދީ އޭއެފްޕީން އިން ބުނެފައިވަނީ ފައްލޫޖާގެ 80 ޕަސެންޓްގެ ކޮންޓްރޯލް މިހާރު އޮތީ އިރާގުގެ ސިފައިންގެ ބާރުގެ ދަށުގައި ކަމަށެވެ.

"ވަރުގަދަ ކުރިމަތި ލުމަކަށްފަހު އަހަރެމެންނަށް ފައްލޫޖާގެ ބޮޑުބައެއް ލިބިއްޖެ. ކުރިއަށް ހުރި ވަގުތުތަކުގައި ހަނގުރާމަ ކޮށްގެން، މުހިންމު އެހެން ސަރަހައްދުތައް ވެސް އަހަރެމެންނަށް ހޯދޭނެ،" އިރާގުގެ ގައުމީ ޓީވީ "އަލްއިރާޤިއްޔާ" މެދުވެރިކޮށް ބޮޑުވަޒީރު ހައިދަރު ދެއްވި ކުރު މެސެޖްގައި ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ޑިފެންސް ސެކެޓްރީ އޭޝް ކޭޓާ ވިދާޅުވީ މުޅި ފައްލޫޖާއިން އައިއެސްގެ ބާރު ކަނޑުވައިއލުމަށް ކޮންމެވެސް ވަރަކަށް ހަމަލާތައް ދޭންޖެހޭ ކަމަށެވެ.

އައިއެސްއިން ދަނީ 2014 ވަނަ އަހަރުން ފެށިގެން އެމީހުންގެ ބާރުގެ ދަށުގައި ފައްލޫޖާ ކޮންޓްރޯލް ކުރަމުންނެވެ.