މީރާ

ޖީއެސްޓީއަށް ރަޖިސްޓްރީ ކުރާ އޮންލައިން ވިޔަފާރިތަކަށް ހާއްސަ ލޯގޯއެއް

Jun 20, 2016
  • ލޯގޯއަށް އެދެން ޖެހޭ
  • ލޯގޯ އިންނަނީ އާއްމުކޮށް ފެންނަ ގޮތައް
  • ލޯގޯގައި ޓިން ނަމްބަރާއި ނަން ފެނޭ

ވިއްކާ މުދަލާއި ހިދުމަތުން އަގޔުން ނަގާ ޓެކްސް، ޖީއެސްޓީ އަށް ރަޖިސްޓްރީކޮށްފައިވާ އޮންލައިން ވިޔަފާރިތަކަށް ހާއްސަ ލޯގޯއެއް މީރާ އިން ތައާރަފުކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ބުނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން އޮންލައިންކޮށް ވިޔަފާރިކުރާނަމަ އެ ވިޔަފާރި ހިންގަން ބޭނުންކުރާ އޮންލައިން ޕޯޓަލްގައި މީރާ އިން ކަނޑައަޅައިފައިވާ ލޯގޯއެއް ފެންނަން ހުންނަންޖެހޭ ގޮތައް ހަމަޖައްސާފައިވާ ކަމަށެވެ.

މީރާއިން ބުނީ މި ފަދަ ލޯގޯއެއް ތައާރަފުކުރުމުގެ މަގުސަދަކީ އެ ފަދަ ފަރާތްތަކަކީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން ކަސްޓަމަރުންނަށް އެނގޭނެ ގޮތެއް ހަމަޖެއްސުން ކަމަށެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކުން ބޭނުންކުރަންޖެހޭ މި ލޯގޯގައި ޓެކްސް ދައްކާ ފަރާތުގެ ނަމާއި ޓިން ހިމެނޭނެ ކަމަށް މީރާއިން ބުނެ އެވެ.

ލޯގޯއަށް އެދުމަށް ބޭނުންކުރާ ލިންކް:
https://www.mira.gov.mv/OnlineBusinesses.aspx

ދައުލަތުގެ ޓެކްސް އިދާއިން ބުނީ މި ލޯގޯއަށް އެދުމަށް މީރާގެ ވެބްސައިޓް މެދުވެރިކޮށް އެ ފަރާތެއްގެ މައުލޫމާތު ހުށަހެޅުއްވުމުން މީރާގައި ރަޖިސްޓަރީކޮށްފައިވާ އީމެއިލް އެޑްރެހަށް ލޯގޯ ފޮނުވާދެވޭނެ ކަމަށެވެ.އޮންލައިން ވިޔަފާރިއަށް ހާއްސަ ލޯގޯއެއް މީރާއިން ތައާރަފުކުރިއިރު، ރާއްޖޭގައި އޮންލައިން ވިޔަފާރި މިވަނީ އިންތިހާއަށް ފުޅާވެފަ އެވެ.