ވެކޭޝަންސް އެކްސްޕޯ

ވެކޭޝަންސް އެކްސްޕޯގައި މެލޭޝިޔާގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ބައިވެރިވެއްޖެ

Jun 20, 2016
  • ފެއާ ބާއްވަނީ އޮގަސްޓް 4-6 އަށް މާލޭގައި
  • ފެއާގައި ގިނަ ކުންފުނިތަކެއް
  • ކޮންމެ ދުވަހު އިނާމު ލިބޭ

މި އަހަރުގެ އޮގަސްޓް މަހު ރާއްޖޭގައި ބާއްވާ ވެކޭޝަންސް އެކްސްޕޯގެ "އެސޯސިއޭޓް ޕާޓްނަރަކަށް" މެލޭޝިޔާގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު، ޓޫރިޒަމް މެލޭޝިޔާއިން ބައިވެރިވެއްޖެ އެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ޓްރެވަލް ފެއާ ބާއްވާ ހައިރައިޒް އިން ބުނީ މެލޭޝިޔާ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު ކަމަށްވާ ޓޫރިޒަމް މެލޭޝިޔާ އިން ޕާޓްނަރެއްގެ ގޮތުގައި ވެކޭޝަންސް އެކްސްޕޯގައި ބައިވެރިވެފައިވާ ކަމަށާއި، މިއީ މި ފެއާއަށް ލިބޭނެ ބޮޑު ބޫސްޓަކަށް ވާނެ ކަމަށެވެ.

ވެކޭޝަންސް އެކްސްޕޯގައި ޓޫރިޒަމް މެލޭޝިޔާ އިން ބައިވެރިވުމާ ގުޅިގެން ދިވެހިންނަށް ޗުއްޓީ ހޭދަކުރުމަށް ގިނަ ފުރުސަތުތަކެއް ދޭނެ ކަމަށް ހައިރައިޒް އިން ބުނެ އެވެ. އަދި އެ ކުންފުނިން ބުނީ މިއީ ރާއްޖޭގައި ބާއްވާ ފެއާއެއްގައި ބޭރުގެ ބޮޑު ޑެސްޓިނޭޝަނަކުން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށެވެ.

ވެކޭޝަންސް އެކްސްޕޯއަކީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ހުރި ފުރުސަތުތައް ދައްކާލުމަށް މިގޮތަށް ބާއްވާ ފުރަތަމަ ފެއާ އެވެ. މި ފެއާ އަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތަކުން ހާއްސަ ގިނަ އިނާމުތަކެއް ދޭނެ އެވެ. މިގޮތުން ދޭ އިނާމުތަކުގެ ތެރޭގައި މޫދު ހޮލިޑޭސް އިން 2،000 ޑޮލަރުގެ ޗުއްޓީ ޕެކޭޖެއް ކޮންމެ ދުވަހަކު ދޭނެ އެވެ. މީގެ އިތުރުން މުފައްސިރީން ޖަމާއަތުން އުމްރާ ދަތުރާއި އެލައިޑް އިންޝުއަރެންސުން ދޭ ޓްރެވަލް އިންޝުއަރެންސް ޕެކޭޖް ހިމެނެ އެވެ.

ނޭޝަނަލް އާޓްގެލަރީގައި އޮގަސްޓް 4-6 އަށް ބާއްވާ ވެކޭޝަންސް އެކްސްޕޯގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ދަނީ ބައިވެރި ވަމުންނެވެ. އެގޮތުން މި ފެއާގެ މެއިން ސްޕޮންސާއަކީ އިނަ މޯލްޑިވްސް ހޮލިޑޭ އެވެ. މީގެ އިތުރުން ހިމެނޭ އެހެން ކުންފުނިތަކުގެ ތެރޭގައި:

  • އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
  • އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
  • އެސޯސިއޭޓް ޕާޓްނަރު ކެޗް ހޮޓެލްސް
  • އެސޯސޮއޭޓް ޕާޓްނަރު އެލައިޑް އިންޝުއަރެންސް
  • ޓީވީ ޕާޓްނަރު ޕީއެސްއެމް
  • އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
  • ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
  • ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
  • ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
  • ގޯލްޑް ޕާޓްނަރު މޫދު ހޮލިޑޭސް
  • ޕްރައިޒް ޕާޓްނަރު މުސައްފިރީން
  • އޮންލައިން ޕާޓްނަރު އަވަސް އޮންލައިން

ވެކޭޝަންސް އެކްސްޕޯގެ އެންޑޯސް ބައިވެރިންގެ ގޮތުގައި ހިމެނެނީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އާއި ލޭމް އަދި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އެވެ.