އެންމެ ފަހުގެ ޗެމްޕިއަން ސްޕޭން ކްރޮއޭޝިޔާ އަތުން 2-1އިން ބަލިވެ، ދެ ވަނަ ބުރުގައި ވަރުގަދަ އިޓަލީއާ ވާދަކުރަން ޖެހިއްޖެ އެވެ.
އިޓަލީ އާއި ސްޕޭނަކީ މުބާރާތުގެ ފައިނަލުގައި އެންމެ ފަހުން ކުޅުނު ދެ ޓީމެވެ. ދެ ވަނަ ބުރުގައި އިޓަލީއާ ސްޕޭން ވާދަ ކުރަން ޖެހުނީ ގްރޫޕް ޑީގެ ދެ ވަނަ އަށް ދިއުމުންނެވެ. އެއްވަނަ ލިބުނީ ހަތް ޕޮއިންޓާއެކު ކްރޮއޭޝިޔާ އަށެވެ. ސްޕޭނަށް ލިބުނީ ހަ ޕޮއިންޓެވެ. މި ގްރޫޕުގެ ތިން ވަނަ ތުރުކީ އަށް ލިބުނީ މިރޭ 2-0އިން ޗެކް ރިޕަބްލިކް ބަލިކުރުމުންނެވެ.
އަލްވާރޯ މޮރާޓާ ގޯލު ޖަހައިދީފައިވަނިކޮށް މި މެޗުގައި ކްރޮއޭޝިޔާ އަށް ފުރަތަމަ ހާފުގެ ފަހު މިނިޓްގައި އެއްވަރުކޮށްދިނީ ނިކޮލާ ކަލިނިޗެވެ. އޭގެ ފަހުން މޮޅުވާން ސްޕޭނަށް ލިބުނު ޕެނަލްޓީ ނާކާމިޔާބުވީ ކެޕްޓަން ސާޖިއޯ ރާމޯސް އަތުންނެވެ. އޭނާ ޖެހި ޕެނަލްޓީ ދިފާއު ކުރީ ކީޕަރު ދިފާއު ކުރީ އެވެ. މެޗުން ކްރޮއޭޝިޔާ މޮޅުކޮށްދިނީ 87 ވަނަ މިނިޓްގައި އިވާން ޕެރްސިކެވެ.
މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި 2000 ވަނަ އަހަރުގެ ފަހުން ސްޕޭން ކޮޅަށް ދެ ގޯލު ޖެހި ފުރަތަމަ ފަހަރެވެ. އަދި 2004ގފެ ފަހުން އެމީހުން ބަލިވި ފުރަތަމަ މެޗު ވެސްމެ އެވެ. ކީޕަރު ޑޭވިޑް ޑެހެޔާ މި މެޗުގައި ގިނަ ގޯސްތަކެއް ހެދި އިރު އޭނާ ކޮޅަށް ގޯލެއް މިވަނީ 500 މިނިޓަށް ފަހު އެވެ.