ބޭރު ކުޅިވަރު

ރާމޯސް ޖެހި ޕެނަލްޓީ ދިފާއު ކުރާނެ ގޮތް ބުނެދިނީ މޮޑްރިޗް

ސްޕޭން އަތުން ރޭ ކްރޮއޭޝިޔާ މޮޅުވި މެޗުގައި ސާޖިއޯ ރާމޯސް ޖެހި ޕެނަލްޓީ މަތަކުރާނެ ގޮތް ބުނެދިނީ ބެންޗުގައި އިން ލޫކާ މޮޑްރިޗް ކަމަށް ކްރޮއޭޝިޔާގެ ކީޕަރު ޑެނިއަލް ސުބަސިކް ބުނެފި އެވެ.

އޭނާ ބުނީ އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެ ބެންޗުގައި އިން މޮޑްރިޗް ޕެނަލްޓީ ދިފާއުކުރާނެ ގޮތް ފުރަތަމަ ކިޔައިދިނީ ކެޕްޓަން ޑާރިއޯ ސާނާ އަށް ކަމަށެވެ. އަދި ކެޕްޓަން އަވަހަށް އައިސް ހަދަންވީގޮތް އޭނާ އަށް ކިޔައިދިނީ ކަމަށެވެ.

"އަހަރެންގެ ކެޕްޓަން އައިސް އަހަންނަށް ދިނީ މޮޑްރިޗްގެ މެސެޖް. އޭނާ ބުނީ ކުޑަކޮށް މަޑުކޮށްލާފައި ދާށޭ އަހަރެންގެ ކަނާތްފަރާތަށް. އެގޮތަށް އެކަންވީ،" ކީޕަރު މެޗަށް ފަހު ބުންޏެވެ.

މިވާހަކަ ރާމޯސް ވެސް ތެދުކުރި އެވެ. މޮޑްރިޗާއި ރާމޯސް އަކީ ރެއާލް މެޑްރިޑަށް ކުޅޭ ދެ ކުޅުންތެރިންނެވެ.

"މޮޑްރިޗް ބުނީ މަޑުކޮށްފައި ކަނާތްފަރާތަށް ދާށޭ. އެގޮތަށް އެކަން ދިމާވީވެސް. އޭނާ އަށް އަހަރެން ވަރަށް ރަނގަޅަށް އެނގޭނެ. އަހަރުމެން ކޮންމެ ދުވަހަކު (ރެއާލް މެޑްރިޑުގައި) ފަރިތަކުރާއިރު ޕެނަލްޓީ ޖަހަން. އޭނާ (ކީޕަރު) މަޑުކުރި އެންމެ ފަހު ސިކުންތަށް (ބޯޅައިގައި ޖަހަންދެން) ދެން އަހަރެން ވިސްނުން ބަދަލުކުރިން ކޮންދިމާލަކަށްކަން ޖަހަންވީ (ނުނިންމިގެން) އެންމެ ފަހުވަގުތަށް ވެސް،" ރާމޯސް ބުންޏެވެ.

ނަމަވެސް އޭނާ ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕެނަލްޓީ އެއް ނާކާމިޔާބުވުމަށްވުރެ މޮޅު އިތުރީ ދެ ވަނަ ބުރުގައި ޕެނަލްޓީއެއް ނާކާމިޔާބު ނުވުން ކަމަށެވެ