ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯއަށް ގޯލު ނުޖެހެނީ ކީއްވެ؟

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ގަދަ އަޅައި މަސައްކަތް ކުރާ ކުޅުންތެރިއެކެވެ. ދުނިޔޭގެ އެއްވަނާގައި ހުރުމަކީ އޭނާ އަމާޒެވެ. ނަމަވެސް މިފަހަރުގެ ޔޫރޯގެ ފުރަތަމަ ދެ މެޗުގައި ގޯލެއް ނުޖެހި ދިއުމުން މި އަމާޒަށް ވާސިލްވާން ވަނީ ހުރަސް އެޅިފަ އެވެ. ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ. ރޮނާލްޑޯ ވެސް މިކަމާ މާޔޫސްވެފަ އެވެ. ކަންބޮޑުވެފަ އެވެ. ރުޅިވެސް އައިސްފަ އެވެ. އޭނާ އަށް ގޯލު ނުޖެހެނީ ކީއްވެ ހެއްޔެވެ؟

މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ހަމަލާ ގޯލަށް ފޮނުވާލީ އޭނާ އެވެ. އެއީ 22 ހަމަލާ އެވެ. އަދި އޭނާ އަކީ ޕޯޗުގަލް އިން ބޮޑު މުބާރާތެއްގައި މިހާތަނަށް އެންމެ ގިނަ ހަމަލާ ފޮނުވާލި ކުޅުންތެރިޔާ ވެސްމެ އެވެ. އެކަމަކު ގޯލު ކުރިމަތިން އޭނާ އަށް ރަނުގެ ހުސް ފުރުސަތަކަށް ލިބުނީ އެންމެ ބޯޅައެކެވެ. އެއަށްވުރެ ބޮޑަށް ޑިފެންޑަރުން ތިބެނީ އޭނާ ވަށާލައިގެން އެތުރިގެންނެވެ.

ޕޯޗުގަލް އިން ބޯޅަ ހިފަހައްޓާފައިވަނީ އެވްރެޖްކޮށް 62 ޕަސެންޓްގަ އެވެ. މިއީ ޖަރުމަނާއި ސްޕޭން ނަގާފައި އެންމެ މަތީ ޕަސެންޓޭޖެވެ. ކަންމިހެން އޮތްއިރު ރޮނާލްޑޯގެ 22 ހަމަލާގެ ތެރެއިން 10 ހަމަލާ ޑިފެންޑަރުން ބްލޮކް ކުރީ އެވެ. އައިސްލޭންޑަށްވުރެ ބޮޑަށް އޮސްޓްރިއާ ކުޅުންތެރިން އޭނާ އަށް ފާރަވެރިލެއް ބޮޑެވެ.

ރޮނާލްޑޯ ލައްވައި ގޯލު ޖައްސާނަމަ ޕޯޗުގަލް މިހާރަށްވުރެ ބޮޑަށް އޭރިޔާ ތެރެއަށް ކުޅޭ ބޯޅަ ގިނަކުރަންޖެހެ އެވެ. ޕެނަލްޓީ އެރިތާ ތެރެ އަށް ޕޯޗުގަލް މިހާތަނަށް ކުރީ އެންމެ 101 ޕާހެވެ. މީގެ ތެރެއިން ރަނގަޅަށް ބޭނުންކުރެވުނީ އެންމެ 30 ޕަސެންޓް ކަމަށްވައިރު ރޮނާލްޑޯ އަށްލިބުނީ އެންމެ 10 ބޯޅަ އެވެ. މިއާ ހިލާފަށް ނާނި އަށް 13 ބޯޅަ ލިބުނެވެ.

ޑިފެންޑަރުން "ފަޅާފައި" ނުވެދެވޭތީވެ ރޮނާލްޑޯ ގިނަ ހަމަލާތައް ފޮނުވާލާފައިވަނީ ދުރުންނެވެ. އާއްމުކޮށް އެއީ 25 ޔާޑް ދުރުންނެވެ. މި ހަމަލާތަކުގެ ތެރެއިން 13 ހަމަލާއެއް ތަނަވަސްކޮށްދިނީ އޭނާގެ ބައިވެރިންނެވެ. އެކަމަކު ރަނގަޅު ވަގުތުގައި ރަނގަޅު ތަނަށް އޭނާ އަށް ބޯޅަ އެންމެ ފަސް ފަހަރު އެވެ.