މަރު

ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

Jun 22, 2016

މާލޭގެ ގެއެއްގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮތްވާ ފެނިއްޖެ އެވެ.

އުމުރުން 60 އަހަރުގެ އެމީހާ ފެނިފައި ވަނީ މ. ޕްރޮމިސް ނަމަކަށް ކިޔާ ގެއެއްގެ ތެރެއިންނެވެ.

މަރުގެ މި ހާދިސާގެ ވާހަކަ މިއަދު މީޑިއާ އަށް އާއިރު ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ އެމީހާ މަރުވެފައި އޮތްކަން ފުލުހުންނަން ރިޕޯޓްކޮށްފައިވަނީ އިއްޔެ މެންދުރު ކަމަށެވެ. އަދި އެމީހާ މަރުވެފައި ވަނީ ގުދުރަތީ މަރަކުން ކަމަށާއި ނަމަވެސް އޭނާ ފެނިފައި ވަނީ މަރުވެފައި އޮންނަތާ 24 ގަޑިއިރު ފަހުން ކަމެވެ.