މާރާމާރީ ހިންގުން

މީހަކަށް ހަަމަލާ ދިނުމަށްފަހު ފިލައިގެން އުޅޭ އިތުރު މީހަކު ހައްޔަރުކޮށްފި

Jun 23, 2016

މާލޭގައި ދުއްވި ޓެކްސީ އެއްގައި އިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ފިލައިގެން ގޮސް ތ. ވޭމަންޑޫގައި ހުރި މީހަކު ހައްޔަރުކޮށްފި އެވެ.


ހައްޔަރުކޮށްފައިވަނީ ޢުމުރުން 18 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށްފައިވަނީ ތ. އަތޮޅުގައި ފުލުހުން ފެށި އޮޕަރޭޝަނެއްގައި ވޭމަންޑޫން އިއްޔެ ހަވީރު ކަމަށެވެ. އެ މީހާގެ ބަންދަށް މިހާރު ވަނީ 10 ދުވަސް ދީފައެވެ.


ފުލުހުން ބުނީ އެ މީހާއަކީ މި މަހުގެ ހަތަރު ވަނަ ދުވަހު މެންދުރު ފަހު މާލޭގެ ރަށްދެބައިމަގު ޗަމްޕާ ސެންޓްރަލް ހޮޓެލް ކައިރިން ޓެކްސީއެއްގައި އިން މީހަކަށް ހަމަލާ ދިނުމަށް ފިލައިގެން ގޮސް އެކި ރަށްރަށުގައި އުޅެމުންދާ މީހެއް ކަމަށެވެ.