ޗައިނާ

އެންއެސްޖީގައި އިންޑިއާއަށް ތާއީދު ނުކުރިޔަސް ގުޅުން ގޯހެއް ނުވާނެ: ޗައިނާ

Jun 23, 2016

ނިއުކްލިއާ އިއްތިހާދު (އެންއެސްޖީ) ގެ މެންބަރުކަން އިންޑިއާއަށް ދިނުމާމެދު ޗައިނާއިން ތާއީދު ނުކުރުމަކީ ދެ ގައުމުގެ ގުޅުން ގޯސްވާނެ ކަމެއް ނޫން ކަމަށް ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާން ހުއާ ޗުންޔިންގް ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް އެންއެސްޖީގެ މެންބަރު ކަން ދިނުމާ ބެހޭގޮތުން ދެކުނު ކޮރެއާގެ ސޯލްގައި ކުރިއަށްދާ އެ އިއްތިހާދުގެ ބައްދަލުވުމުގައި މިރޭ މަޝްވަރާ ކުރާނެއެވެ.

ނަމަވެސް އިންޑިއާއަށް މެންބަރުކަން ދިނުމަށް ޗައިނާއިން ތާއީދެއް ނުކުރެއެވެ.

ޗުންޔިންގް ވިދާޅުވީ އިންޑިއާ އާއި ޗައިނާގެ ގުޅުމަކީ "ކުރިމަތިވާ ސަބަބަކުން" އަސަރުކުރާނެ ގުޅުމެއް ނޫން ކަމަށާއި އެންއެސްޖީގެ މެންބަރު ކަމުގެ ސަބަބުން ދެ ގައުމުގެ ދޭދޭ ގުޅުމަށް އަސަރު ނުކުރާނެ ކަމަށްވެ.

އޭނާ މިހެން ވިދާޅުވެފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ޗައިނާގެ ރައީސް ޝީޖިންޕި މިއަދު ބައްދަލު ކުރައްވަން ހަމަޖެހިފައި ވަނިކޮށެވެ.

އުޒުބްކިސްތާންގެ މިހާރު ކުރިއަށްދާ ސެންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓްގެ އަރިމަތީ ހަވާސާގައި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މޯދީ އާއި ޝީޖިންޕިންގެ ބައްދަލު ވުމަކީ މިދިޔަ ހަފުތާގައި އިންޑިއާގެ ފޮރިން ސެކްރަޓްރީ ސްބްރަމާނިޔަމް ޖައިޝަންކަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ފަހުން ދެ ގައުމުގެ އެންމެ އިސްވެރިން ބާއްވާ ބައްދަލުވުމެވެ.

"އަހަރެމްން ވާނީ ދެ ގައުމުގެ މެދުގައި ތަރައްގީގެ ރޮނގުގައި ތަކުރާރުކޮށް ޕޮސެޓިވް މަޝްވަރާތައް ވަނީ ބަދަލުކޮށްފަ" ޗުންޔިންގް ވިދާޅުވިއެވެ.