އިންޑިއާ

ކަނޑުފަޅުގެ ޗާޓް ކުރެހުމުގެ ހިދުމަތް ގާއިމް ކުރަން މަޝްވަރާކޮށްފި

Jun 23, 2016

ކަނޑު ފަޅުގެ ޗާޓް ކުރެހުމާބެހޭ ގޮތުންނާއި އެ ހިދުމަތް ރާއްޖޭގައި ގާއިމް ކުރުމާބެހޭ ގޮތުން އިންޑިއާ އާއި ރާއްޖެއިން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރީ ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ޗީފް ހައިޑްރޯގްރާފާ ރިއަ އެޑްމިރަލް ވިނޭ ބަދްވާރު ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޑިފެންސްގެ ބައެއް އިސްވެރިންނާއެކު ބޭއްި ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުން އޮތީ ޑިފެންސް މިނިސްޓްރީގައި މިއަދު އެވެ. ބައްދަލުވުމުގައި ހައިޑްރޯގްރަފީގެ ދާއިރާއިން ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންނާއި، ހައިޑްރޯގްރަފީ ހިދުމަތް ރާއްޖޭގައި ގާއިމުކުރުމާއި އަދި އެ ދާއިރާއިން މީހުން ތަމްރީނު ކުރުމާގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

އިންޑިއާގެ ޗީފް ހައިޑްރޯގްރާފާ އާއި އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދާއި، އަދި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެރެޓްރީ ފަރުޒާނާ ޒާހިރު ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި ރާއްޖޭގެ ކޯސްޓްގާޑްގެ ކޮމާންޑާ ކާނަލް މުޙައްމަދު އިބްރާހިމާއި، ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރު ލެފްޓިނެންޓް ކާނަލް މުޙައްމަދު ސަލީމާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒާ ކެޕްޓަން ޕްރަޝާންތު ހާންޑޫ ވެސް ބައިވެރި ވަޑައިގެންނެވި އެވެ.