މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން

އިއްތިހާދުން އިންޑިއާގެ އެހީ ހޯދަނީ

Jun 24, 2016
5

އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން (އެމްޔޫއޯ) އިން އިންޑިޔާގެ އެހީތެރިކަމަށް އެދެފި އެވެ. އެ އިއްތިހާދުން އިންޑިއާ ކިބައިން އެދިފައި ވަނީ ޑިމޮކްރަސީ އަނބުރާ ރާއްޖެއަށް ގެނެސްދޭން އެހީތެރިވެ ދިނުމަށެވެ.

އިއްތިހާދާ ހަވާލާދީ މި ހަބަރު ވަނީ އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައެވެ. އެގޮތުން ނިއު އިންޑިއަން އެކްސްޕްރެސްގައި އިއްތިހާދުގައި ހިމެނި ވަޑައިގަންނަވާ ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެފައި ވަނީ ރާއްޖެއަށް އަލުން ޑިމޮކްރަސީ ގެނައުމަށް މުހިންމު ރޯލެއް އަދާ ކުރެވޭނީ އިންޑިއާ އަށް ކަމަށެވެ.

އާންމުކޮށް އެމްޑީޕީއާ ގުޅޭ ހަބަރުތައް އަވަހަށް ގެނެސްދޭ އެ ނޫހުގައި އޭނާ އާ ހަވާލާދީ މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ރާއްޖޭގެ މަސްލަހަތު ރަނގަޅު ކުރުމަށް އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަމަށް އެދޭ ކަމަށެވެ.