އެސްޓީއޯ

އެންޑީއޭގެ ތަމްރީންތަކަށް ތަކެތި ފޯރުކޮށްދޭން އެސްޓީއޯ އެއްބަސްވެއްޖެ

Jun 25, 2016
1

އެސްޓީއޯއިން ނެޝެނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ވޮކޭޝަނަލް ތަމްރީންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދޭން އެއްބަސް ވެއްޖެ އެވެ.

އެސްޓީއޯގައި މިއަދު ބޭއްވި ހަފުލާއެއްގައި އެ ކުންފުންޏާއި ނެޝިނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާ ދެމެދު ވަނީ އެމްއޯޔޫ އެއްގައި ސޮއިކޮށްފަ އެވެ. މި އެމްއޯޔޫއާއެކު އެންޑީއޭގެ ވޮކޭޝަނަލް ތަމްރީންތަކަށް ބޭނުންވާ ތަކެތި އެސްޓީއޯއިން ދޭނެ އެވެ.

މި އެއްބަސްވުމުގައި އެސްޓީއޯ އިން ސޮއި ކުރީ ޖެނެރަލް މެނޭޖަރު މުސްލިހު މަސީހެވެ. އެންޑިއޭއިން ސޮއި ކުރެއްވީ ސީއީއޯ ހަސަން ޝަހީލް އެވެ.

މުސްލިހު ވިދާޅުވީ އެސްޓީއޯގެ އިޖްތިމާއީ ޒިންމާގެ ދަށުން ހިންގާ ހަރަކާތްތަކުގެ ތެރެއިން އެންޑީއޭއާއެކު ވި އެއްބަސްވުމަކީ ބައިނަލަގްވާމީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާއި ގުޅުވައިގެންވި އެއްބަސްވުމެއް ކަމަށާއި މިއާއެކު އެންޑީއޭގެ ދަށުން ރީހެބިލިޓޭޓް ވަމުންދާ ކުދިން ވަޒީފާއަށް ނުކުންނަ އިރު އެކުންދިނަކީ ހުނަރުވެރި މަސައްކަތުގެ މައިދާނަށް އަހުލުވެރިވެފައިވާ ކުދިން ކަމުގައި ވެގެންދާނެ ކަމަށެވެ.

އެންޑީއޭއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރީހެބިލިޓޭޝަން ސެންޓަރުތައް ހިންގަ އެވެ.