އިސްލާމީ މަރުކަޒު

މިރެއިން ފެށިގެން އިސްލާމީ މަރުކަޒުގައި ދަމު ނަމާދުކުރާނެ

މިރެއިން ފެށިގެން އިސްލާމީ މަރުކަޒުގައި ދަމު ނަމާދުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ، އިސްލާމީ މަރުކަޒުގައި މިރެއިން ފެށިގެން ދަމު ނަމާދުކުރާނެ ކަމަށާއި ދަމު ނަމާދުކުރަން ފަށާނީ މެންދަމު ދެއެއް ޖަހާއިރު ކަމަށެވެ.

އިސްލާމީ މަރުކަޒުގައި ދަމު ނަމާދު އިމާމުވެ ކުރައްވާނީ އިސްލާމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ދަމު ނަމާދަކީ އެ ނަމާދުގެ މާތްކަމާއި އިތުރުކަމާމެދު ވަރަށް ގިނަ ހަދީސްތަކާއި އާޔަތްތައް އައިސްފައިވާ ނަމާދެކެވެ. ފަރުޟު ފަސް ނަމާދަށްފަހު ދެން އެންމެ އިތުރުކަން ބޮޑުވެގެންވާ ނަމާދަކީ ދަމު ނަމާދެވެ.