ޕްރޮމޯޝަން

ދިރާގު ރޯދަ ބޮޑު ހަދިޔާގެ ތިންވަނަ ހަފްތާގެ އެލްޖީ ހޯމްޕެކް ނަސީބުވެރިޔާއާ ހަވާލުކޮށްފި

ދިރާގު ރޯދަ ހަދިޔާ ޕްރޮމޯޝަން 1437 ގެ ބޮޑު ހަދިޔާގެ ތިންވަނަ ހަފްތާގެ ނަސީބުވެރިޔާއާ އިނާމް ހަވާލުކޮށްފިއެވެ.

ދިރާގާއި ރީފްސައިޑް ގުޅިގެން ކުރިޔަށްގެންދާ މި ޕްރޮމޯޝަންގައި، ދިރާގުގެ ހުރިހާ މޮބައިލް އަދި ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެއްވެސް އިތުރު މަސައްކަތެއް ކުރުމަކާއިނުލާ ބައިވެރިވެވެ އެވެ. އަދި ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހު ހަވީރު 4:30 ގައި ރާއްޖެޓީވީގެ ބާޒާރުމަތިން އެކްސްޓްރާ ޕްރޮގްރާމްގައި ލައިވްކޮށް ނެގޭ ގުރުއަތުން އެލްޖީ ބްރޭންޑްގެ 4ކޭ އަލްޓްރާ އެޗްޑީ ޓީވީއަކާއި، 8ކޭ ޑައިރެކްޓް ޑްރައިވް ދޮންނަމެޝިން އަދި ޑްރަޔާ، ސްމާޓް ކަނެކްޓް ރެފްރިޖަރޭޓަރެއްގެ އިތުރުން ވަޔަލެސް ހައި އެންޑް ސްޕީކަރާއި އެލްޖީގެ ސަޕްރައިޒް ގިފްޓް ހެމްޕާއަކާއިއެކު ޖުމްލަ 65000 ރުފިޔާއަށް ވުރެ އަގު ހުރި 'އެލްޖީ ހޯމް ޕެކް' އެއް ކޮންމެ ހަފްތާއެއްގެ ނަސީބުވެރިޔާއަށް ލިބެ އެވެ.

އެގޮތުން މިއަދު ހަވީރުގެ ޕްރޮގްރާމްގައި ތިންވަނަ ހަފްތާގެ ނަސީބުވެރިޔާ، ސ. ހުޅުދޫ އެވަރެސްޓް، ޝަފީނާ ހަސަން އަށް ރަސްމީކޮށް އިނާމް ހަވާލުކޮށް، ހަތަރުވަނަ ހަފްތާގެ ނަސީބުވެރިޔާވެސް ވަނީ ހޮވާފައެވެ. އެގޮތުން މި ހަފްތާގެ މި ހަދިޔާ ހޯދި ފަރާތަކީ ޏ.ފުވައްމުލަކު ދޫޑިގަން، އަލިވާގެ އަލީ މުހަންމަދެވެ. މި އަންނަ ހަފްތާގެ ހުކުރު ދުވަހުގެ ޕްރޮގްރާމުގައި މިފަރާތާވެސް އިނާމް ހަވާލު ކުރެވިގެންދާނެ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގުގެ ރޯދަ ބޮޑު ހަދިޔާ ޕްރޮމޯޝަން ރިފްސައިޑާއި ގުޅިގެން ކުރިޔަށްގެންދާއިރު ރީފްސައިޑަކީ ރާއްޖޭގައި އެލްޖީގެ އުފެއްދުންތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. ހަމަ އެއާއެކު ދިރާގުން ރޯދަ މަހަށް ހާއްސަކޮށްގެން ހިންގާ ތަފާތު ޕްރޮމޯޝަން ތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު އެޗްއައިއެޗް އިން ފަސް ފަރާތަކަށް ލިބޭ ރޯދަވިއްލުމުގެ ތިންވަނަ ހަފްތާގެ ނަސީބުވެރިޔާ ވެސް ވަނީ މިއަދުގެ ޕްރޮގްރާމުގައި އިއުލާންކޮށްފައެވެ. އެގޮތުން މި ޕްރޮމޯޝަންގެ މި ހަފްތާގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ޅ. ހިންނަވަރު އެންދެރިމާގެ އަބްދުﷲ މެހެރީން މުހަންމަދެވެ.

މި ޕްރޮމޯޝަނަކީ ‘iftar’ ޖެއްސެވުމަށްފަހު 500 އަށް އެސްއެމްއެސް އެއް ކޮށްގެން ދިރާގުގެ ކޮންމެ ކަސްޓަމަރަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕްރޮމޯޝަނެކެވެ. ކުރާ ކޮންމެ އެސްއެމްއެސް އަކަށް އެއް ރުފިޔާ ޗާޖު ކުރެވޭއިރު އެސްއެމްއެސް އިން ލިބޭ ހުރިހާ ފައިސާއެއް ކަސްޓަމަރުންގެ ނަމުގައި ފިތުރު އީދު ދުވަހު ކ.ގުރައިދޫގައި ހުންނަ ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަންގެ ހަތަރުވަނަ ހަފްތާގެ ނަސީބުވެރިޔާއާ ވެސް މިއަންނަ ހުކުރު ދުވަހު ހަވީރު 4:30 ގައި ރާއްޖެޓީވީ އިން ދެއްކުމަށް ހަމަޖެހިފައިވާ ބާޒާރުމަތިން އެކްސްޓްރާ ޕްރޮގްރާމްގައި އިނާމު ހަވާލުކުރެވިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.