ޖިންސީ ގޯނާ

ދަރިފުޅަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތަށް ކައުންސިލަރަކު ހައްޔަރުކޮށްފި

ދަރިފުޅަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ނ. މާޅެންދޫ ކައުންސިލަރަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މާޅެންދޫއިން 35 އަހަރުގެ މީހަކު ހައްޔަރު ކުރި ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މައްސާގައި ހައްޔަރުކޮށްފައި ވަނީ މާޅެންދޫ ކައުންސިލަރެކެވެ.

އޭނާ ޖިންސީ ގޯނާކޮށްފައި ވަނީ އޭނާގެ 14 އަހަރުގެ އަންހެން ދަރިފުޅަށެވެ.