އެމްއެންޑީއެފް

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން ސިފައިންނަށް ޑިސްކައުންޓް

އޭސް ހާޑްވެއާ އެންޑް ހޯމް ސެންޓާ އަދި ކަލާ ބޭންކުން ސިފައިން ކުރާ ކޮންމެ ވިޔަފާރިއަކުން ޑިސްކައުންޓެއް ލިބޭ ގޮތަށް ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ހަމަޖައްސަފި އެވެ.

މި އެއްބަސްވުމުގައި އެމްއެންޑީއެފްގެ ފަރާތުން ސޮއި ކުރެއްވީ، ޑައިރެކްޓްރޭޓް އޮފް ސީފޯ ސިސްޓަމްސް އެންޑް ސިވިލް މިލިޓަރީ ކޯޕަރޭޝަންގެ ޑައިރެކްޓާ މޭޖާ އަދުނާނު މުހައްމަދެވެ. އަދި ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ، އެ ކުންފުނީގެ ޖެނެރަލް މެނޭޖާ މުހައްމަދު ހާނީ އެވެ.

އެމްއެންޑީއެފް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ކޯލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގާ ފިހާރަތައްކަމަށްވާ، އޭސް ހާރޑްވެއާ އަދި ކަލާ ބޭންކުން ފިހާރައިން ސިފައިން ކުރާ ކޮންމެ ވިޔަފާރިއަކަށް، ޕަވާ ޓޫލްސްގެ ބާވަތް ނޫން އެހެން ހުރިހާ ބާވަތްތަކުން، 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އަދި މި ޑިސްކައުންޓް ލިބިވަޑައިގަންނަވާނީ ވިޔަފާރި ކުރައްވައި ފައިސާ ދައްކަވާއިރު، ސިފައިންގެ މީހެއްކަން އަންގައިދޭ ކާރޑް ދެއްކުމުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.