ހަބަރު

މޫޝާންގެ ވެބްސައިޓް ލޯންޗްކޮށްފި

ސޮފްޓް ރޮކް/ޕޮޕް ރާގުތަކުން އާންމުންގެ ސަމާލުކަން ހޯދަމުން އަންނަ މި ލަވަކިޔުންތެރިޔާ ދަނީ އޭނާގެ ފުރަތަމަ ސޯލޯ އަލްބަމްގެ މަސައްކަތް ވެސް ނިކަން ހަލުވިކަމާ އެކު ކުރަމުންނެވެ. އެ އަލްބަމުގެ ފުރަތަމަ ސިންގަލްގެ ގޮތުގައި ނެރުމަށް ހަމަޖެހިފައިވާ "ރަންނަމާރި" ލަވައިގެ ވީޑިއޯގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މޫޝާންގެ ވެބްސައިޓްގައި އޭނާގެ އާ އަލްބަމްގެ ބައެއް ލަވަތަކާއި އޭނާ ރިކޯޑްކޮށްފައިވާ ކަވާ ސޯންގްތަކުގެ އިތުރުން ބައެއް ޕާފޯމެންސްތަކުގެ ވީޑިއޯތައް ވެސް ހިމަނާފައިވެ އެވެ.

ރިސޯޓް މިއުޒިކުން އާމްދަނީ ހޯދަމުން އަންނަ މި ޒުވާން ލަވަކިޔުންތެރިޔާ އަކީ މިއަދުގެ "މިއުޒިކް ކްރައުޑް" ތެރެއިން ތަރިއެއްހެން އަރަމުން އަންނަ އެންމެ އުއްމީދީ އެއް ލަވަކިޔުންތެރިޔާ އެވެ. އެއް އިރެއްގައި ރައްޓެހިންނާ އެކު މަގުމަތީގައި، ފާރުބުރި މަތީގައި ގިޓާކުޅެން ހުއްޓަސް މިއަދު އޭނާ ދަނީ ރާއްޖެ އިން ބޭރުގައި ވެސް ދިވެހިންގެ މިއުޒިކް ހުށަހަޅައި ދެމުންނެވެ.

އެގޮތުން ހައިރައިޒްގެ "ސައުންޑްސް އޮފް މޯލްޑިވްސް" ގެ ސިލްސިލާ ކޮންސެޓްތަކުން ވެސް އޭނާ އަކީ ފާހަގަކޮށްލެވޭ މޫނެކެވެ. މި ސިލްސިލާގެ ކުރިއަށް އޮތް ކޮންސެޓް ބާއްވަނީ ދުބާއީގަ އެވެ.