ހަބަރު

ޕީޕީއެމްގެ ނައިބު ރައީސްގެ ބާރުތައް ވެސް މައުމޫން ނަންގަވައިފި

Jun 29, 2016
18

ޕާޓީ ހިންގުމުގައި ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް އަށް ދީފައި އޮތް ބާރުތައް ވެސް ރައީސް މައުމޫން ނަންގަވައިފި އެވެ. މައުމޫން ދެކޮޅު ހައްދަވަނިކޮށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން އަބްދުއްރަހީމް ވެސް މިއަދު މަޖިލީހުގައި ވޯޓު ދެއްވި އެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކު ނަން ނުޖަހާ ގޮތަށް، "އަވަސް" އަށް ދާދި ދެންމެއަކު ވިދާޅުވީ މައުމޫން އެގޮތަށް ނިންމަވައި އަބްދުﷲ އަބްދުއްރަހީމް އަށާއި ޕާޓީގެ ސެކްރެޓަރީ ޖެނެރަލަށް ވަނީ މެސެޖެއް ފޮނުއްވައިފަ އެވެ. އަދި އެ މެސެޖްގައިވާ ގޮތުން ޕާޓީގެ ހިންގުމުގެ ހުރިހާ ކަމެއް ވަގުތީ ގޮތުން ބައްލަވާނީ ސީދާ ޕާޓީގެ ރައީސް މައުމޫން ކަމަށާއި ހުއްދަ ނެތި އެއްވެސް ނިންމުމެއް ނުނިންމުމަށް މައުމޫން ވަނީ އެސްޖީއަށް ދަންނަވައިފަ އެވެ.

މިކަމާ ގުޅިގެން އަބްދުއްރަހީމްގެ ބަހެއް އަދި ވަނީ ލިބޭ ގޮތްނުވެފަ އެވެ.

މައުމޫން އެގޮތަށް ނިންމެވި އިރު، ޕާޓީގެ އެއްވެސް ކޮމިޓީއެއްގެ ޖަލްސާއެއް ވެސް، މައުމޫންގެ ހުއްދަ ނެތި ނުބޭއްވުމަށް މިހާރު ވަނީ އަންގައިފަ އެވެ.

މިއަދު މަޖިލީހުން ފާސްކުރި ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް މައުމޫން ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އިއުލާން ނުކޮށް ރިސޯޓް ހަދަން ރަށްތައް ދޫކުރެވޭ އިސްލާހަށް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން ވެސް ވޯޓު ދެއްވާފައެއް ނުވެ އެވެ. ތަފްސީލް އަންނަނީ...