އެލްޖީއޭ

އެލްޖީއޭގެ ސީއީއޯ މަގާމުން ފާރޫގު ވަކިކޮށްފި

Jul 1, 2016

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ސީއޯ ކަމުގެ މަގަމުން ފާރޫގު މުހައްމަދު ވަކިކޮށްފި އެވެ.

އެލްޖީއޭއިން ބުނީ ޖޫން 29 ވަނަ ދުވަހު ބޭއްވި ބޯޑުގެ ބައްދަލުވުމުގައި ފާރޫގު މަގާމުން ވަކި ކުރީ ބޯޑުގެ ހަ މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ އަޣުލަބިއްޔަތު ވޯޓުން ކަމަށެވެ.

ފާރޫގު މަގާމުން ވަކިކުރި އިރު އެމަގާމުގައި އޭނާއަށް ހުންނެވުނީ ހަތަރު މަހާއި 20 ދުވަހު އެވެ.

ފާރޫގު މަގާމުން ވަކި ކުރުމަށްފަހު އޭނާ މަގާމުން ވަކި ކުރުމުގެ ކުރިން އެލްޖީއޭގެ ދެ ޑިރެކްޓަރު ޖެނެރަލުން ކަމަށްވާ އާދަމް ޝަރީފާއި ޝަމްއޫން އާދަމް މަސައްކަތުން އެކަހެރި ކުރަން ފާރޫގު ނިންމެވި ނިންމެވުން ވެސް ބޯޑުން ވަނީ ބާތިލު ކޮށްފައެވެ.