ދުނިޔެ

ޓައިވާން މަނަވަރަކުން އޮޅިގެން ފޮނުވާލި މިސައިލަކުން މީހަކު މަރުވެއްޖެ

Jul 2, 2016

އޮޅުމެއްގެ ތެރޭގައި ޓައިވާނުގެ އަސްކަރީ މަނަވަރަކުން ދޫކޮށްލި ސުޕަ ސޮނިކް މިސައިލަކުން އެކަކު މަރުވެ ބަޔަކު ޒަހަމްވެއްޖެ އެވެ.

ޓައިވާންގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެފައި ވަނީ މަނަވަރުތަކަށް ހަމަލާ ދިނުމަށް ބޭނުން ކުރާ މި މިސައިލް ފޮނުވާލީ ކޯޝިއޫންގައި ޑްރިލެއް އިންސްޕެކްޓް ކުރަން އުޅުނު ބޯޓަކުން ކަމަށާއި މިސައިލް އަރާފައިވަނީ މަސްބޯޓަކަށް ކަމަށެވެ.

ސެންޓްރަލް ނިއުސް އެޖެންސީން ބުނީ އެކަކު މަރުވެ ތިން މީހުން ޒަހަމްވި ނަމަވެސް މިއީ ސިޔާސީ ހަރަކާތެއްގެ ތެރެއިން އައި ކަމެއް ނޫން ކަމަށް އޮފިޝަލުން ވިދާޅުވާ ކަމަށެވެ. ބައެއް އެހެން ރިޕޯޓްތައް ބުނާ ގޮތުގައި މިސައިލް ހަމަލާގައި ފަސް މީހުން ޒަހަމްވި އެވެ.