ރަސްފަންނު

މަސްދުވަހަށް ފަހު ރަސްފަންނުގެ މޫދަށް އެރެން ހުއްދަދީފި

ރަސްފަންނުގެ މޫދަށް ބަޔަކު ކަޅު ތެޔޮ އެޅުމުގެ ސަބަބުން މަހެއްހާ ދުވަސް ވަންދެއް މޫދަށް އެރުން ބަންދުކޮށްފައި އޮތުމަށް ފަހު މޫދު އަލުން ހުޅުވައިފި އެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ރަސްފަންނުގެ ލޮނުގަނޑުގެ ތަހުލީލުތައް ހަދަން ހަވާލު ކުރުމުން ހެދި ހެލްތު މިނިސްޓްރީގެ ރިޕޯޓް ތަކުން ރަސްފަންނުގެ ލޮނުގަނޑު ސާފުވެފައިވާ ކަމަށް މިހާރު ދައްކާފައިވާ ކަމަށެވެ. އެހެންކަމުން މިދިޔަ ހަފްތާ ތެރޭގައި އާމުންނަށް އަލުން މޫދަށް އެރެން ހުއްދަ ދީފައިވާ ކަމަށެވެ.

ޖޫސް ޕެޓީ ކޮތަޅުތަކަށް ކަޅު ތެޔޮ އަޅައި ރަސްފަންނުގެ މޫދު ތެރެއަށް ވަނީ އަޅާލާފަ އެވެ. ހައުސިން އިން ބުނެފައި ވަނީ އެކަން ކުރީ ދޯންޏެއް ބީޗުގެ މުދާ ދިމާއިން ބޭރަށް ކައިރިކޮށްގެން ގަސްދުގައި ކަމަށެވެ. އެ މައްސަލަ ހައުސިން އިން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.

މީގެ ކުރިންވެސް ރަސްފަންނު ކައިރީ އަޅައިފައި އޮތް ނަޖިސް ހޮޅިތައް ފަޅައިލައިގެން ރަސްފަންނުގެ މޫދު ވަނީ ނަޖިސްވެފަ އެވެ. ނަމަވެސް މިހާރު އެ ހޮޅިތައް އަލަށް ހިއްކައި ސިނާއީ އަވަށަށް ބަދަލު ކުރުމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ރަސްފަންނުގެ މޫދެ ދެފަހަރަށް ނަޖިސްވެ ތުހުމަތުތައް ކުރެވުނު ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.