ރާއްޖެ ކުޅިވަރު

ބައިބަލާއާ ގުޅިގެން ހަމަނުޖެހުން ހިންގަން ފުރުސަތެއް ނުދޭނެ: އެސޯސިއޭޝަން

Jul 2, 2016
1

އީދުގައި ބާއްވާ ބައިބަލާ މުބާރާތާއި ގުޅިގެން އެއްވެސް ހަމަނުޖެހުމެއް ހިންގަން ފުރުޞަތު ނުދޭނެކަމުގެ ޔަގީންކަން ބައިބަލާ އެސޯސިއޭޝަނުން ފުލުހުންނަށް ދީފިއެވެ.

ބައިބަލާ މުބާރާތުގެ ސަލާމަތީ ކަންކަމާބެހޭގޮތުން، ބައިބަލާ އެސޯސިއޭޝަނުން މި މުބާރާތް އިންތިޒާމް ކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއެކު ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ފަރާތުން ރޭ އިސްކަންދު ކޮށީގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އެ އެސޯސިއޭޝަންގެ މެމްބަރުން ވަނީ މި މުބާރާތަކީ ސުލްހަވެރިކަމާއެކު ކުރިޔަށްދާ މުބާރާތަކަށް ހެދުމަށް ކުރަންޖެހޭ ހުރިހާ ކަމެއްވެސް ފުލުހުންނާ ގުޅިގެން ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ދީފައެވެ.

މިގޮތުން މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމްތަކަކަށްވެސް މުބާރާތް ކުރިޔަށްދާއިރު އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިންގައިގެން ނުވާނެ ކަމަށާއި އެފަދަ ކަމަކަށް މަގުފަހިވާފަދަ ކަމެއް ކުރެވިގެން ނުވާނެކަން އަންގާފައިވާނެ ކަން ބައިބަލާ އެސޯސިއޭޝަނުން މިބައްދަލުވުމުގައި ވަނީ ހާމަ ކޮށްފައެވެ.
އަދި މި މުބާރާތް ކުރިޔަށްދާއިރު މުބާރާތަށް ސަޕޯޓް ކުރުމަށް މުބާރާތް އޮންނަ ސަރަޙައްދަށް ހާޒިރުވާ ފަރާތްތަކުންވެސް ކުޅިވަރުގެ ރޫޙާއި ޢާއްމު އިޖުތިމާޢީ މިންގަޑުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ބާރުއަޅުއްވައި މުބާރާތުގައި ބައިވެރިވާ ޓީމްތަކަށް އަންގަމުން ގެންދާކަމުގައިވެސް ބައިބަލާ އެސޯސިއޭޝަނުން މި ބައްދަލުވުމުގައި ވަނީ ހާމަކުރައްވާފައެވެ.