އެމްޑީޕީ

ޕީޕީއެމުން މުލީއާގެ އާއި ޓީވީއެމް ބޭނުން ކުރާތީ އެމްޑީޕީ އީސީއަށް ހުށަހަޅައިފި

Jul 3, 2016
11

ސަރުކާރު ހިންގާ ޕީޕީއެމުން މުލީއާގެއާއި "ޓީވީއެމް" ކުރަމުން ގެންދާތީ އެކަން ބަލައިދޭން އެދި އެމްޑީޕީން އިލެކްޝަން ކޮމިޝަން (އީސީ) ގައި އެދިއްހެ އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީ އީސީއަށް ފޮނުވި ސިޓީގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް އެއްވެސް ހުރަހެއް ނެތި ޕީޕީއެމްއިން ބޭނުން ކުރަމުން ގެންދާކަން ފާހަގަކޮށްފައިވާނެ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ދައުލަތުގެ އެއްވެސް ބިމެއް ނުވަތަ މުދަލެއް ނުވަތަ ވަސީލަތެއް ހަމައެކަނި އެއް ޕާޓީއެއްގެ ބައްދަލުވުންތަކަށް ނުވަތަ ހަރަކާތްތަކަށް ބޭނުން ކުރެވޭގޮތަށް ހަމަޖައްސައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ބުނީ ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިންވަންކަމަކީ ކުރިން ހުއްދަ ނެގުމަކާނުލައި ބޭނުން ހިފިދާނެ އަސާސީ ހައްގެއް ކަމަށް ޤާނޫނުއަސާސީގެ ދަށުން ކަނޑައަޅާފައިވީ ނަމަވެސް ސަރުކާރުންނާއި ދައުލަތުގެ މުއައްސަސާތަކުން އެއްވެސް ފަރާތަކަށް ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ފުރުޞަތު ނުދޭކަންވެސް އެ ކޮމިޝަނުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.