ފުރި ބާރުވެފައިވާ މާލޭގައި ދުމުގެ މައްސަލަ ބޮޑެވެ. އެއްގަމު އުޅަނދު ފަހަރުން އަރާ ދުމުގެ ސަބަބުން އުނދަގޫވާ ފަހަރުވެސް މަދެއް ނޫނެވެ. އެކަމަކު މި ނޫން ގޮތެއްވެސް އަދި ނެތެވެ. ނުވަތަ ފެނޭތޯ ވެސް ނުބަލަނީ އެވެ. މިކަމުގެ ހައްލަކަށް ބަލާއިރު އެންމެ ހިތް ފަސޭހަ އެކައްޗަކީ "ބެޓެރި ބަގީ" އެވެ. މި އުޅަނދު ރާއްޖޭގައި މަސައްކަތްކުރާ ޗައިނާ މީހުން މި ވަނީ ބޭނުންކުރަން ފަށާފަ އެވެ. ބްރިޖު މީހުން މާލެ ވަށައި މިހާރު ބުރުޖަހަނީ ބަގީގަ އެވެ.
މަސައްކަތް ނިމި، މާލެ ތެރޭގައި ދުއްވާލުމާ އެއްތަނުން އަނެއް ތަނަކަށް ދިއުމަށް ބޭނުންކުރަނީ މި އުޅަނދެވެ. ބެޓެރި ޗާޖުކޮށްގެން ބޭނުންކުރާ މިނީ ބަހަަށް ވުރެ ސައިޒުގެ ގޮތުން ކުޑަ މީގެ އުޅަނދެއްގައި ހަތަރު ވަރަކަށް މީހުންނަށް ދަތުރުކޮށްލެވެ އެވެ. މީގެ ލުއި އުޅަނދެއްގެ ދަތުރުކޮށްފައިދާއިރު އެއްވެސް އަޑެއް ނީވެ އެވެ. ހިލަނމެއްވެސް ނުވެ އެވެ.
ރާއްޖޭގައި އާއްމުކޮށް ބަގީ ބޭނުންކުރަނީ ރިސޯޓުތަކުގަ އެވެ. ނަމަވެސް ފަހަކަށް އައިސް ވިލިމާލޭގައި ވެސް މި އުޅަނދު ބޭނުންކުރެ އެވެ.
މި ވައްތަރުގެ ބަގީއަކީ ތިމާވެއްޓަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ގައުމުތަކުގައި ބޭނުންކުރަން އެންމެ ހާއްސަ އެއް އުޅަނދެވެ. މީގެ ފައިދާއަކީ ދުއްވާފައިދާއިރު ޖައްވުގެ ތެރެއަށް ބޭރުކުރާ ދުމުން ސަލާމަތް ކޮށްދިނުމެވެ. ތިމާވެށި ސާފުކޮށް ބެހެއްޓުމެވެ. އަނެއް ފައިދާއަކީ އެއްގަމު އުޅަނދު ފަހަރުން އިވޭ ބާރު އަޑުފައްގަނޑުން ސަލާމަތް ކޮށްދިނުމެވެ.
ބްރިޖުގެ މަސައްކަތާއެކު ރާއްޖެއަށް އާ މި ފަދަ އެތައް އާލާތެއް މިވަނީ ތަފާރަފުވެފަ އެވެ. ބިޔަ ބޮޑު މަޝްރޫއުގެ މަސައްކަތް ކުރަން އައިސް ތިބި ޗައިނާ މީހުން ދަތުރުފަތުރުގައި ބޭނުން މި ކުރަނީ އެއާކޯން ބަގީ އެވެ. އެމީހުން މާލެ ވަށައި މިހާރު ބުރުވެސް ޖަހަން ފަށައިފި އެވެ. އެ ބުރު ޖަހަނީ ބަގީގަ އެވެ.