އެމްއެންޑީއެފް

އީދަށް ފުރާ އުޅަނދުތައް ޗެކް ކުރަން ފަށައިފި

Jul 4, 2016
1

އީދު ބަންދާއި ދިމާކޮށް ޗުއްޓީއަށްދާ މީހުން ގޮވައިގެން އެކި ރަށްރަށަށް ފުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ދެ ދުވަހުގެ ޕްރޮގްރާމެއް އެމްއެންޑީއެފުން ފަށައިފި އެވެ.

އީދު ބަންދަކީ ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު އެކި ރަށްރަށަށް ދަތުރުކުރާ ދުވަސްވަރަކަށްވާތީ މިއަދާއި މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ދަތުރުތައް ކުރަނީ މީހުނާއި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންތޯ ބަލައި ޗެކް ކުރާނެ އެވެ.

އެމްއެންޑީއެފުން ބުނީ އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކައިރިން ބަލަމުން ގެންދާނެ ކަމަށެވެ. އަދި މެރިން ޗެކްޕޯސްޓް އެޅުމައި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންކަން ވެސް ބަލާނެ ކަމަށެވެ.

މިޕްރޮގްރާމް މިރޭ މާލޭ ބަނދަރު ސަރަހައްދުގައި ފަށާފައިވާއިރު ގިނަ އަދަދެއްގެ އުޅަނދު މިރޭ ވެސް ވަނީ ޗެކްކޮށްފަ އެވެ.