ދުނިޔެ

އައިއެސް އިން މެލޭޝިޔާއަށް ވެސް ހަމަލާދީފި

Jul 5, 2016
2

ހައްދު ފަހަނަ އަޅާފައިވާ އައިއެސް ޖަމާއަތުން މެލޭޝިޔާއަށްވެސް ހަމަލާދީފި އެވެ. މެލޭޝިޔާ ފުލުހުން ބުނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކުއާލަ ލަމްޕޫރުގެ ބާ އަކަށް ހަމަލާދީ އަށް މީހުން މަރާލީ އައިއެސް އިން ކަމަށެވެ.

މި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެގައުމުގެ ކަމާބެހޭ މުއައްސަސާތަކުން ބުނީ އެގައުމުގެ ގިނަ އަދަދެއްގެ މީހުން އައިއެސް ޖަމާއަތާ ގުޅި ސީރިޔާ އަށް ދާ ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ. ޕޮލިސް ޗީފް ހާލިދް އަބޫބަކުރާ ހަވާލާދީ ރިޕޯޓުތައް ބުނަނީ މިހަމަލާ ދީފައިވަނީ ސީރިޔާގައި ތިބި މެލޭޝިޔާގެ މީހުންގެ ފަރާތުން މައުލޫމާތު ހޯދައިގެން ކަމަށެވެ.

މެލޭޝިޔާއަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ފާއިތުވި އަހަރުތަކުގައި 13 މީހުން ހައްޔަރުކޮށްފައިވާނެ ކަމަށާއި އެހުރިހާ އެންމެންނަކީ ވެސް އައިއެސް އާ ގުޅުން އޮންނަ މީހުން ކަމަށް ހާލިދު ވިދާޅުވި އެވެ.

މެލޭޝިޔާއަށް އައިއެސްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ.