ވެކޭޝަންސް އެކްސްޕޯ

ވެކޭޝަންސް އެކްސްޕޯގައި އެއާ އޭޝިޔާއިން މެލޭޝިޔާ ދެކޮޅު ޓިކެޓް

  • ފެއާ އޮންނާނީ އަންނަ މަހު މާލޭޣައި
  • ދަތުރު ކުރާ ފަރާތްތަކާއި ރާވާ ފަރާތްތައް ހިމެނޭ
  • މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ފެއާ

ވެކޭޝަންސް އެކްސްޕޯއަށް ދާ މީހުންނަށް އެއާ އޭޝިޔާއިން މެލޭޝިޔާ ދެކޮޅު ޓިކެޓް ދޭން ނިންމައިފި އެވެ. އަންނަ މަހު ބާއްވާ ރާއްޖޭގެ ފުރަތަމަ ޓްރެވަލް ފެއާ ކަމަށްވާ "ވެކޭޝަންސް އެކްސްޕޯ 2016" އިންތިޒާމުކުރާ ހައިރައިޒް އިން ބުނީ ވެކޭޝަންސް އެކްސްޕޯގެ ބައިވެރިން ދޭ އިނާމުތައް ގިނަ ވަމުންދާއިރު، އެއާ އޭޝިޔާއިން މެލޭޝިޔާ ދެކޮޅު ޓިކެޓް ހުށަހަޅާފައިވާ ކަމަށާއި، މި ޓިކެޓްގައި ޓެކްސްތައް ވެސް ނުހިމެނޭނެ ކަމަށެވެ.

އެއާ އޭޝިޔާއަކީ ދުނިޔޭގެ ގިނަ ގައުމުތަކަށް ދަތުރުކުރާ މަޝްހޫރު ބަޖެޓް އެއާލައިނެކެވެ. ވެކޭޝަންސް އެކްސްޕޯގައި އެއާ އޭޝިޔާގެ އިނާމު ދެނީ ގުރުއަތެއް ނަގައިގެންނެވެ.

ވެކޭޝަންސް އެކްސްޕޯ 2016 ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 4-6 އަށް ނޭޝަނަލް އާޓްގެލަރީގަ އެވެ. މި ފެއާގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ފަރާތްތަކާއި ދަތުރު ރާވާ ފަރާތްތަކުން ބައިވެރިވެ އެވެ.

ވެކޭޝަންސް އެކްސްޕޯގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިންނެވެ. އަދި މެއިން ސްޕޮންސާއަކީ އިނަ މޯލްޑިވްސް އެވެ.

ވެކޭޝަންސް އެކްސްޕޯގެ ޕާޓްނަރުން:

  • - އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
  • - އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
  • - އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
  • - އެސޯސިއޭޓް ޕާޓްނަރު އެލައިޑް އިންޝުއަރެންސް
  • - ޓީވީ ޕާޓްނަރު ޕީއެސްއެމް
  • - އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
  • - ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
  • - ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
  • - ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
  • - ގޯލްޑް ޕާޓްނަރު މޫދު ހޮލިޑޭސް
  • - ޕްރައިޒް ޕާޓްނަރު މުސައްފިރީން

ވެކޭޝަންސް އެކްސްޕޯގެ އެންޑޯސް ބައިވެރިންގެ ގޮތުގައި ހިމެނެނީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އާއި ލޭމް އަދި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އެވެ. މި ފެއާ ބާއްވަނީ "ވިޒިޓް މޯލްޑިވްސް އިޔާ" އާވެސް ގުޅުވާލައިގެންނެވެ.