ޓޫރިޒަމް

އަމާރީ ހޮވައްޑާގެ ޖީއެމްއަކަށް ކްރިސްޓޮޕް

Jul 7, 2016
1

ގއ. ގައި ހުޅުވާފައިވާ އަމާރީ ހޮވައްޑާ މޯލްޑިވްސް ރިސޯޓުގެ ޖެނެރަލް މެނޭޖަރަަށް ކްރިސްޓޮޕް ލިއޮންހާޑް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ "ހޮސްޕިޓާލިޓީ ނެޓް" ގައިވާ ގޮތުން ޓޫރިޒަމް ދާއިރާގެ އެކި މަގާމުތަކުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ކްރިސްޓޮޕާ އެންމެ ފަހުން ހުންނެވީ އަމާރީ ގްރޫޕުން ތައިލެންޑުގައި ހިންގާ ރިސޯޓުގަ އެވެ.

އެމެރިކާއަށް އުފަން ކްރިސްޓޮޕްގެ ޓޫރިޒަމް ކެރިޔާ ފައްޓަވާފައިވަނީ 2000 ވަނަ އަހަރުން ފެށިގެންނެވެ. ފުރަތަމަ މަސައްކަތް ކުރައްވާފައިވަނީ އޮންޔަކް ގްރޫޕުގަ އެވެ. މީގެ އިތުރުން ބެންކޮކާއި ޗައިނާ ފަދަ ގައުމުތަކުގައި ރިސޯޓުތަކުގައި މަސައްކަތް ކުރައްވާފައިވެ އެވެ.

އަމާރީ ހޮވައްޑާއަކީ ގއ. އަތޮޅުގައި މި އަހަރު ހުޅުވާފައިވާ ރިސޯޓެކެވެ. މި ރިސޯޓަކީ މަތީ ފަންތީގެ ރިސޯޓެކެވެ.