ބަންގްލަދޭޝް

ބަނގުލަދޭޝްގެ އީދު ނަމާދުގެ ބޮޑު ޖަމާއަތުގައި ބޮމެއް ގޮއްވާ، ދެމީހަކު މަރާލައިިފި

Jul 7, 2016

ބަނގުލަދޭޝްގައި، އީދު ނަމާދު ކުރަން ތިބި ތަނެއްގެ ކުރިމަތީގައި ދިން ބޮމުގެ ހަމަލާއެއްގައި ދެ ފުލުހަކު މަރުވެ ނުވަ މީހަކު ޒަހަމްވެއްޖެ އެވެ.

ބަނގުލަދޭޝްގައި ފިތުރު އީދު ފާހަގަ ކުރީ މިއަދެވެ. އީދު ނަމާދުގެ ބޮޑު ޖަމާއަތަށް މިއަދު ބޮމުގެ ހަމަލާއެއް ދިން އިރު ދެ ލައްކައަށްވުރެ ގިނަ މީހުން ނަމާދަށް ޖަމާވެފައި އޮތެވެ.

މިއަދު ހެނދުނު ދިން މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. މި ހާދިސާ ހިނގީ ވެރިރަށް ޑާކާއާ 100 ކިލޯމީޓަރު ދުރުގައި އޮންނަ ކިޝޯރިގާންޖްގައެވެ.

މިދިޔަ ހުކުރު ދުވަހު، ޑާކާގެ "ހޮލީ އާޓިސަން" ކެފޭއަށް ތަކުރާރުކޮށް ހަތް ފަހަރެއްގެ މަތިން ދިން ހަމަލާތަކުގައި 22 މީހަކުވެސް ވަނީ މަރުވެފައެވެ. އެހަމަލާގެ ޒިންމާ "އައިއެސް" ގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ގުރޫޕުން ވަނީ ނަގާފައެވެ.