ވެކޭޝަންސް އެކްސްޕޯ

ވެކޭޝަންސް އެކްސްޕޯ: މެގަ މޯލްޑިވްސްއިން މަންޒިލަކަށް ހިލޭ ޓިކެޓް!

Jul 8, 2016
  • ވެކޭޝަންސް އެކްސްޕޯ އަންނަ މަހު
  • ފެއާގައި ގިނަ އިނާމުތަކެއް
  • ފެއާ ބާއްވާނީ އާޓްގެލަރީގައި

އަންނަ މަހު ބާއްވާ ވެކޭޝަންސް އެކްސްޕޯގައި ގުރުއަތެއް ނަގައިގެން، މެގަ މޯލްޑިވްސް ދަތުރުކުރާ ކޮންމެ ވެސް އެއް މަންޒިލަށް ހިލޭ ޓިކެޓެއް ދޭން ނިންމައިފި އެވެ.

މެގަ މޯލްޑިވްސްގެ އޮފިޝަލަކު ވިދާޅުވީ އަންނަ މަހު ނޭޝަނަލް އާޓް ގެލަރީގައި ބާއްވާ ވެކޭޝަންސް އެކްސްޕޯއަށް މެގަ މޯލްޑިވްސް އިން ހިލޭ ޓިކެޓެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

"ޓިކެޓު ނަގާނެ ދުވަހެއް އަޅުގަނޑުމެން ދޫކޮށްލާފައިވާނީ ފެއާ އިންތިޒާމުކުރާ ފަރާތަކުން. ދާނެ މަންޒިލެއް ނިންމާނީ ޓިކެޓް ލިބޭ ފަރާތުން،" އޮފިޝަލް ވިދާޅުވި އެވެ.

މެގަ މޯލްޑިވްސް އިން ހަ މަންޒިލަކަށް ދަތުރުކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހޮންކޮންގާއި މަކާއޯ އަދި ޕަލާއޯގެ އިތުރުން ޗައިނާގެ ބެއިޖިން އާއި ޝެންހާއީ އާއި މެލޭޝިއާގެ ކުއަލަލަމްޕޫރު އަދި ޖިއްދާ އެވެ.

ހައިރައިޒްއިން އިންތިޒާމުކޮށްގެން ބާއްވާ "ވެކޭޝަންސް އެކްސްޕޯ 2016" ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 4 އިން 6 އަށެވެ. މި ފެއާއަކީ ޗުއްޓީ ރާވާ އިންތިޒާމުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ރާއްޖޭގައި މިގޮތަށް ބާއްވާ ފުރަތަމަ ފެއާ އެވެ. މި ފެއާގައި ގިނަ ކުންފުނިތަކުން ދަނީ އަގުހުރި ގިނަ އިނާމުތަކެއް ހުށަހަޅަމުންނެވެ.

ވެކޭޝަންސް އެކްސްޕޯގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.