އިސްލާމީ މަރުކަޒު

އިސްލާމީ މަރުކަޒުގެ ބޭރުގައި ޖެހި މާބަލްތަކުގައި ރެނދުލައިފި

އިސްލާމީ މަރުކަޒު ޒީނަތް ތެރިކުރުމަށް ދާދި ފަހުން ޖެހި މާބަލްތަކުގެ ތެރެއިން ބައެއް ދިމަދިމާގައި ރެނދުލައިފި އެވެ. އިސްލާމީ މަރުކަޒުގައި އެއްފަހަރަކައި 20،000 މީހުންނަށް ނަމާދު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން ހައުސިން މިނިސްޓްރީ އިން އެތަނުގެ ބޭރުގައި މާބަލް ޖަހައި ނިންމާލައިފަ ވަނީ މިދިއަ ރޯދަ މަހުގެ ފުރަތަމަ ދުވަހަށެވެ.

އިސްލާމީ މަރުކަޒު ބޭރުގައި މާބުލް ޖަހައި ޒީނަތްތެރި ކޮށްފައި ވަނީ ޗައިނާ ސަރުކާރުން ދިން 1.14 މިލިއަން ޑޮލަރުގެ އެހީގައެވެ. އަދި މާބަލް ޖެހިތާ މެހެއް ވެފައިވާ އިރު އެއް މާބަލްތަކުގައި ވަނީ ރެނދުލާފައެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ.

މި ކަމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ގާތްގަނޑަކަށް 5000 އަކަ މީޓަރުގެ ސަރަހައްދެއްގައި މާބަލް ޖަހައިފަ ވާއިރު ހައުސިން މިނިސްޓްރީ އިން ކުރިން ރާވައިފަވާ ގޮތުގައި އެ ހިސާބުގައި ނަމާދު ކުރާ ފަރާތްތަކަށް ހިޔާވާނެހެން ސްޖިދުއް ނަބަވީގައި ހުންނަ ކަަހަލަ ކުޑަތަކެއް ޖަހާނެ އެވެ. ނަމަވެސް އެ މަސައްކަތް ދެން ކުރާނީ އަންނަ އަހަރު ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.