ހަބަރު

ސައްހަ ނޫން ޕާސްޕޯޓްގައި ރާއްޖެ އައި 41 މީހަކު ފޮނުވާލައިފި

Feb 17, 2015

ސައްހަ ނޫން ޕާސްޕޯޓްގައި ދަތުރުކުރި 41 ފަރާތެއް ހުއްޓުވައިފި އެވެ.

އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނީ އެ އަދަދަކީ މިއަހަރުގެ މިހާތަނަށް އައިއިރު ސައްހަ ނޫން ޕާސްޕޯޓްގައި ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި މީޙުން ކަމަށާއި އެ އެންމެން ރާއްޖެއިން ފުރުވާލާފައިވާ ކަމަށެވެ.

ސައްހަ ނޫން ޕާސްޕޯޓްގައި މީހުން އައުން ހުއްޓުވުމަށް އިއްޔެ ވަނީ އިމިގްރޭޝަނުން ބޭސިކް ޑޮކިއުމަންޓް ފޯޖަރީ އެންޑް ޑޮކިއުމަންޓް އެގްޒަމިނޭޝަން ޓްރެއިނިން ޕްރޮގްރާމެއް ވެސް ހިންގާފައެ އެވެ.

އިމިގްރޭޝަނުން ބުނީ އެ ޕްރޮގްރާމް ހިންގީ މިދުވަސްވަރު ގިނަ އަދަދެއްގެ ބަޔަކު ސައްހަ ނޫން ޕާސްޕޯޓްގައި ރާއްޖެއެތެރެވުމަށް މަސައްކަތްކަތް ކުރަމުންދާތީ އެފަދަ ފަރާތެއް ރާއްޖޭގެ ބޯޑަ ހުރަސްކޮށް އެތެރެވިޔަ ނުދިނުމުގެ ހުނަރު އިތުރު ކުރުމުގެ ގޮތުން ކަމަށެވެ.