ވެކޭޝަންސް އެކްސްޕޯ

ވެކޭޝަންސް އެކްސްޕޯ: ޑައިވް ކްލަބުން މޫދު ކުޅިވަރު ހިލޭ

Jul 10, 2016

ވެކޭޝަންސް އެކްސްޕޯ އަށް ދާ ފަރާތްތަކަށް "ޑައިވް ކްލަބް މޯލްޑިވްސް" އިން މޫދު ކުޅިވަރު ޕެކޭޖެއް ދޭން ނިންމައިފި އެވެ. އަންނަ މަހުގެ 4އިން 6 އަށް މާލޭގެ ނޭޝަނަލް އާޓްގެލަރީގައި ބާއްވާ ވެކޭޝަންސް އެކްސްޕޯ 2016 އިންތިޒާމުކުރާ ހައިރައިސްއިން ބުނި ގޮތުގައި މާފުށީގައި ހުންނަ ޑައިވް ސެންޓަރެއް ކަމަށްވާ "ޑައިވް ކްލަބުން" ދެ މީހަކަށް މޫދު ކުޅިވަރު ޕެކޭޖެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މާފުށި ޑައިވް ކްލަބުން ދޭ މޫދު ކުޅިވަރު ޕެކޭޖުގައި ހިމެނެނީ މާފުއްޓަށް ދިއުމަށް ޓްރާންސްފާ އާއި އެއް ގަޑިއިރުގެ ޔޯގާ ސެޝަނެއްގެ އިތުރުން ޖެޓް ސްކީގައި ޓުއިން ޝީޓް ސްކޫޓާ ރައިޑް ދަތުރަކާއި ބަނާނާ ރައިޑެއްގެ އިތުރުން ފަން ޓިއުބް ރައިޑެކެވެ. މި އިނާމު ދެނީ ގުރުއަތުން ހޮވޭ އެއް ފަރާތަކަށެވެ.

ދަތުރު ދިއުމަށް ބޭނުންވާ ފަރާތްތަކާއި ދަތުރު އިންތިޒާމުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހައިރައިޒްއިން ބާއްވާ މި ފެއާއަކީ ރާއްޖޭގައި މި ގޮތަށް ބާއްވާ ފުރަތަމަ ޓްރެވަލް ފެއާ އެވެ. މި ފެއާއަށް ގޮސްދެން ގިނަ އިނާމުތަކެއް ލިބުނުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ. މިގޮތުން ދުނިޔޭގެ ބައެއް ގައުމުތަކަށް ދިއުމަށް ހިލޭ ޓިކެޓު ލިބުމާއި ރާއްޖޭގެ ފެންވަރު ރަނގަޅު ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރުމުގެ ޕެކޭޖުތަކުގެ އިތުރުން ކުދިން ތަޖުރިބާ ނުކުރާ މޫދު ޓޫރިޒަމްގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުން ހިމެނެ އެވެ.

ވެކޭޝަންސް އެކްސްޕޯގައި ގިނަ އަދަދެއްގެ ފަރާތްތަކުން ދަނީ ބައިވެރިވަމުންނެވެ. ވެކޭޝަންސް އެކްސްޕޯގެ އޮންލައިން ނިއުސް ޕާޓްނަރަކީ "އަވަސް އޮންލައިން" އެވެ. މިގޮތުން މި ފެއާގައި ބައިވެރިވެފައިވާ ކުންފުނިތަކުގެ ތެރޭގައި:

  • - އެސޯސިއޭޓް ޕާޓްނަރު އެމްވީހޮޓެލްސް
  • - އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
  • - އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
  • - އެސޯސިއޭޓް ޕާޓްނަރު ޓޫރިޒަމް މެލޭޝިޔާ
  • - އެސޯސިއޭޓް ޕާޓްނަރު އެލައިޑް އިންޝުއަރެންސް
  • - ޓީވީ ޕާޓްނަރު ޕީއެސްއެމް
  • - އޮންލައިން ޓްރެވަލް މީޑިޔާ ޕާޓްނަރު މޯލްޑިވްސްޑޮޓް ނެޓް އެމްވީ
  • - ޕަބްލިކޭޝަން ޕާޓްނަރު ގެސްޓް ހައުސް އޮފް މޯލްޑިވްސް
  • - ކޭޓަރިން ޕާޓްނަރު ހޮޓެލް ޖެން
  • - ފޮޓޯގްރަފީ ޕާޓްނަރު އަސަދް ފޮޓޯގްރަފީ
  • - ގޯލްޑް ޕާޓްނަރު މޫދު ހޮލިޑޭސް
  • - ޕްރައިޒް ޕާޓްނަރު މުސައްފިރީން

ވެކޭޝަންސް އެކްސްޕޯގެ އެންޑޯސް ބައިވެރިންގެ ގޮތުގައި ހިމެނެނީ އެމްއެމްޕީއާރުސީ އާއި މަޓާޓޯ އަދި ލޭމް ގެ ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ އެވެ. މި ފެއާ ބާއްވަނީ "ވިޒިޓް މޯލްޑިވްސް އިޔާ" އާ ވެސް ގުޅުވާލައިގެންނެވެ.